ads
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު---
ޒަކާތް ބަހާފައި ވަނީ އަޕްޑޭޓެޑް ލިސްޓަކަށް: މިނިސްޓަރު ޒާހިރު
މިއަހަރު ޒަކާތް ބަހާފައި ވަނީ އަޕްޑޭޓެޑް ލިސްޓަކަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރިމަތި ކުރުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒާހިރު ވިދާޅުވީ، މިސްކަތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން ފެށޭނެ ދުވަހަކާއި މެދު އެޗްޕީއޭއާއި އެކު މަޝްވަރާ ކުރަމުން އަންނަކަމަށެވެ. އަދި އެކަމާއިމެދެ ވަކި ގޮތެއް ނިންމޭނީ ކޮވިޑް19 ގެ ހާލަތަށް ބަލާ ޑޮކްޓަރުންގެ ލަފައާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ. 

ޖަމާއަތުގައި ނަމާދު ކުރެވޭނެ ވަކި ދުވަހެއް ބުނަން ނޭންގޭކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެގޮތަށް ބުނަން އިނގޭނީ ހާލަތާއި ގުޅިގެން އެޗްޕީއޭގެ ލަފާލިބޭގޮތެއްގެ މަތިން ކަމަށެވެ. 

މިދިޔަ އަހަރު އެކުލަވާލާފައިވާ ފަގީރުންގެ ލިސްޓަށް ޒަކާތު ފައިސާ ބެހިކަމަށް ބުނެ ކުރިމަތިވެފައިވާ ފާޑުކިޔުންތަކާއި ގުޅޭގޮތުން މެމްބަރުން ސުވާލު ކުރުމުން މިނިސްޓަރު ޒާހިރު ވަނީ އެކަމަށްވެސް ޖަވާބު ދެއްވާފައެވެ. އެގޮތުން މިނިސްޓަރު ޒާހިރު ވިދާޅުވީ ޒަކާތް ބަހާފައި ވަނީ 19 އޮކްޓޯބަރު 2019 ގައި އެކުލަވާލި ލިސްޓަކަށް ކަމަށެވެ. ދެހާސް ނަވާރަވަނަ އަހަރު ދެ ފަހަރެއްގެ މަތިން ފަގީރުންގެ ލިސްޓް އެކުލަވާލިކަން ފާހަގަ ކޮށް މިނިސްޓަރު ވިދާޅުވީ އެ ލިސްޓަކީ މި ހިނގާ 1441 ވަނަ އަހަރު އެކުލަވާލާފައިވާ ލިސްޓެއް ކަމަށެވެ.

އެހެން ކަމުން އެ ލިސްޓަކީ އަޕްޑޭޓެއެޑް ލިސްޓެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިސްކިތްތައް އޭސީ ކުރުމާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މޯޗަރީއެޅުމުގެ ކަންކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ޒާހިރު ވިދާޅުވީ އޭސީ ޕްރޮޖެކްޓް ފެށި ވަކި ހިސާބަކުން މަޑުޖެހިފައިވާ ކަމަށެވެ. އަދި ޕްލޭނަކީ ދެ އަހަރާއި ބައިގެ ތެރޭގައި ރާއްޖޭގެ ހުރިހާ މިސްކިތެއް އޭސީ ކޮށް ނިންމުން ކަމަށާއި، އެހެން ނަމަވެސް ކޮވިޑްގެ ކަންކަމާއި އެކު އަނެއްކާވެސް ރީޝެޑިއުލް ކޮށްގެން ކަންކަން ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމާއި މެދު އިސްލާމިކް މިނިސްޓްރީން ގޮތެއް ނިންމާފައިވޭތޯ މެމްބަރުން ސުވާލު ކުރުމުން މިނިސްޓަރު ޒާހިރު ވިދާޅުވީ އަދިވެސް އިންތިޒާރު ކުރަމުން އަންނަނީ ހައްޖުގެ އަޅުކަމާއި މެދު ސައުދީން ނިންމާގޮތަކާއި މެދު ކަމަށެވެ. އަދި އެންމެ ފަހު ވަގުތު ފުރުސަތު ލިބުނު ނަމަވެސް ދިވެހިންނަށް ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މާލަސްތަކެއް ނުވެ ސައުދީއިން މިކަމުގައި ގޮތްތަކެއް ނިންމަވާނެ ކަމަށް ގަބޫލުކުރާކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް