ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ތަހުގީގު ކުރިއަށް ގެންދެވެން ނެތްކަމަށް މަރު ކޮމިޝަނުން ވަނީ އަންގާފައި: ރައީސް ނަޝީދު
ގެއްލިފައިވާ މީހުންނާއި ގޮތްނޭނގޭ މަރުތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ ކޮމިޝަންގެ ތަހުގީގުތައް ކުރިއަށް ގެންދެވެން ނެތްކަމަށް އަންގާފައިވާކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެ ކޮމިޝަނުން އެ މަސައްކަތް ދެން ނުކުރެވޭނެ ކަމަށް ބުނެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާކަމަށެވެ. އަދި އެ ކޮމިޝަންގެ މެމްބަރުން ގަބޫލުކުރާ ގޮތުގައި މައްސަލަތަކުގައި އިތުރު ހެއްކެތް ހޯދެން ނެތްކަމަށް ވިދާޅުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

މިކަމާއި ގުޅޭގޮތުން ރައީސް ނަޝީދު ވަނީ އެ ކޮމިޝަނުން އެކުލަވާލި ޑްރާފްޓް ރިޕޯޓްތަކުގައި ހުރި މިންވަރަށް ދައުވާ ނުކުރެވުނީ ކީއްވެތީ ސުވާލު އުފައްދަވާފައެވެ. 

ރައީސް ނަޝީދު ވިދާޅުވީ ކޮމިޝަނަށް ދައުވާ ކުރެވެން އޮތީ ހަމައެކަނި "ވަޅި ޖެހި" މީހާއަށް ކަމަށެވެ. އެހެން ނަމަވެސް އެކަމަށް ހަރުދުކޮށް އެކަން ސިއްރު ކޮށް އެކަން ރޭވި ބަޔަކު ހޯދިފައި ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ތަހުގީގަށް ހުރަސް އެޅުނީ ޑްރާފްޓް ރިޕޯޓްގެ ކޮޕީ އާންމު ކުރުމުން ކަމަށް ކޮމިޝަނުން ބުނާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

"މިއީ އަޅުގަނޑު ދެކޭ ގޮތުގައި މުއުޖިޒާތެއް ބާވަތުގެ ކަމެއް. އަޅުގަނޑު ދަންނަ ގައުމުތަކުގައި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީއެއް ހެދުމާ އަދި އޭގެ ކަންކަން ހާމަކުރުމާ ޖިނާއީ ތަހުގީގާ އަދި ޖިނާއީ ދައުވާ އުފުލުމަކާ ގުޅުމެއް ނުހުރޭ."

ރައީސް ނަޝީދު ވިދާޅުވީ ކަންކަން މިހާރު ހުރި މިންވަރަށް ދައުވާ ކުރެވޭތަން ނުފެންނަކަމަށެވެ. 

ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި ނޫސްވެރިޔާ އަހުމަދު ރިލުވާން ގެއްލުވާލި މައްސަލައިގައި މަރު ކޮމިޝަނުން ތަހުގީގު ކުރިއަށް ގެންދިޔައެވެެ. އަދި އެ މައްސަލަތަކުގެ ޑްރާފްޓް ރިޕޯޓްތައް ކޮމިޝަނުން މަޖިލީހަށް ހައްސާކުރި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް