ads
މާފަންނު މެދު ދާއިރާގެ މެމްބަރުން އިބްރާހީމް ރަޝީދު---
ފަހަކަށް އައިސް އެޅީ އެއާޕޯޓެއް ނޫން، ހުރީ ތާރު އެޅި މަގު: މެމްބަރުން އިބްރާހީމް ރަޝީދު
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަހުން އަޅާފައި ހުރީ އެއާޕޯޓްތަކެއް ނޫން ކަމަށާއި، އަޅާފައި ހުރީ ތާރު އެޅި މަގެއް ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރުން އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

ނިއު ނޯމަލް" ގެ ތެރެއިން "ކޮވިޑް ފްރީޒޯން" އެއް ކަނޑައަޅައި، އިޤްތިސާދީ ހަރަކާތްތައް ހިންގޭނެ ގޮތަކަށް ޤައުމު ހުޅުވާލުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހަޅާފައިވާ ޤަރާރަށް ވާހަކަ ދައްކަވަމުން މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، ރާއްޖެއަށް ވަދެ ނިކުންނަ ޔޮޓް ފަހަރާއި ޕަސެންޖާ ލައިންތައް ވަދެ ނިކުތުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާކަމަށެވެ. އަދި މިވަގުތު ޕަސިންޖާ ލައިންތައް ވެއްދުމަކީ މުހިންމު ކަމެއްކަން މެމްބަރު ފާހަގަކުރެއްވި އެވެ. 

މީގެ އިތުރުން ވާހަކަ ދައްކަވަމުން މެމްބަރު އިބްރާޙިމް ރަޝީދު ވިދާޅުވީ ރާއްޖޭގައި އަޅަމުން އައިސްފައިވަނީ އެއާޕޯޓެއް ނޫންކަމަށާއި، އަޅަމުން އައީ ތާރު މަގެއްކަމަށެވެ. އަދި ތާރުފަށެއް އެޅުމަށްފަހު އެއާޕޯޓެކޭ ކިޔާ އެތަކުގައި ބޯޓު ޖައްސަނީކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކި ސަރަހައްދު ތަކުގައި ހުރި އެއާޕޯޓްތައް ހަރުދަނާކޮށް އެކި ސިނާއަތްތައް ފުޅާކުރަންޖެހޭކަމަށެވެ. 

ރާއްޖެ އޮތީ ދުނިޔެއަށް ނުހުޅުވި އިގްތިސޯދު ބަންދުވެފައިކަން މެމްބަރު އިބްރާހިމް ރަޝީދު ފާހަގަ ކުރެއްވި އެވެ. އަދި އިގްތިސާދު ހުޅުވާލާއިރު ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކަންކުރާ އުސޫލުން ކަންކުރުމުން ތަރައްގީ ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.

މިހާރު އިގްތިސާދު އޮތީ މާލެއަށް މަރުކަޒު ކުރެވިފައި ކަން ފާހަގަކޮށް މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ގައުމެއް ތަރައްގީވަނީ އިގްތިސާދެއް ލާމަރުކަޒީ ވެގެން ކަމަށެވެ. 

މީގެ އިތުރުން މި ގަރާރާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމަށް ބަރޯސާ ކުރުމުގެ ބަދަލުގައި މަސްވެރިކަމާއި އެހެން ދާއިރާތަކުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. 

މީގެ އިތުރުން މި ގަރާރާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މާލެ ބަންދުކުރުމުން ރާއްޖެ ހުއްޓޭ އުސޫލު ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އިގްތިސާދީ ހަރަކާތް އަލުން ހުޅުވާލުމުގައި މަޖިލީހުގެ ބަހެއް އޮންނަން ޖެހޭނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް