ads
މުޒާހަރާގެ ތެރެއިން - ފޮޓޯ: އަހްމަދު ހުސައިން
ފުލުހުންގެ ބިލާއި ދެކޮޅަށް މަދުބަޔަކާއި އެކު މުޒާހަރާ ކުރީ ޕީޕީއެމަކުން ނޫން: އިދިކޮޅު
ފުލުހުންގެ އިދާރާ ރިފޯމް ކުރުމަށް ހުށަހަޅާފައިވާ ފުލުހުންގެ ބިލާއި ދެކޮޅަށް މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާއަކީ އިދިކޮޅު ކޯލިޝަނުން ކުރިޔަށް ގެންދިޔަ މުޒާހަރާއެއް ނޫން ކަމުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ފުލުހުންގެ ބިލާއި ގުޅޭގޮތުން މިއަދު މުޒާހަރާ ކޮށްފައިވާއިރު އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މުޒާހަރާއަކީ ޕާޓީގެ ފަރާތުން ރަސްމީ ސިފައެއްގައި އިންތިޒާމް ކުރެވިގެން ގެންގޮސްފައިވާ މުޒާހަރާއެއް ނޫންކަމަށެވެ. 

މިއަދު 10:00 އިންފެށިގެން ބައި ގަޑިއެއްހާއިރަށް ކުރިއަށްގެންދިޔަ މި މުޒާހަރާގައި ތިރީހަކަށް މީހުން އެއްވެ ތިއްބެއްވެ. އަދި މި އެއްވުމުގައި އިސްކޮށް ހުރީ ޕީޕީއެމްގެ ކައުންސިލް މެންބަރު އަހްމަދު ނަރީޝެވެ. ސޯސަންމަގު، މަޖީދިއްޔާ ކަންމައްޗަށް އެއްވެ ކުރި މި މުޒާހަރާގައި އެއްވެ ތިބި ފަރާތްތަކުން ވަނީ ފުލުހުންގެ ބިލާއި ދެކޮޅަށް އަޑު އުފުލާފައެވެ. 

your imageމުޒާހަރާގެ ބައިވެރިން ތިބީ މާސް އަޅައިގެން ދުރުދުރުގަ - ފޮޓޯ: އަހްމަދު ހުސައިން

ފުލުުހުންގެ ބިލު މަޖިލީހުގައި އޮތް އިރު އެ ބިލާއި ގުޅޭގޮތުން ވާހަކަދެއްކެވި ގިނަ މެމްބަރުން ވަނީ ފުލުހުންގެ ފަރާތުން ކުރިމަތިވެފައިވާ އަނިޔާތަކުގެ ވާހަކަ ފާހަގަކޮށްފައެވެ. އަދި ބައެއް ބޮޑުތި މައްސަލަތަކުގައި ވަކި ވަކި ފުލުހުންނަށް ކުރެވޭ ތުހުމަތުތައް ފާހަގަކޮށްފައިވެއެވެ. އަދި ފުލުހުންގެ މުއައްސަސާ ރިފޯމް ކުރުމުގެ މުހިންމު ކަމާއި ގުޅޭގޮތުން މެމްބަރުން ވާހަކަ ދައްކަވާފައި ވެއެވެ. އެހެން ނަަމަވެސް އިދިކޮޅު ވަނީ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ފުލުހުންނާއި ގުޅޭގޮތުން ދައްކާފައިވާ ވާހަކަތައް ކުށްވެރިކޮށް ފުލުހުންގެ ދިފާއުގައި ނިކުންނާނެކަމަށް ބުނެފައެވެ. 

މިއީ މިއަދު މަޖިލިސް ކައިރީގައި ކުރި ދެވަނަ މުޒާހަރާއެވެ. މިއަދު ހެނދުނު "މަޖިލީސް ހޭލައްވާ" ގެ ނަމުގައި ސިޔާސީ އިޖުތިމާއީ އަދި އިގްތިސޯދީ ގޮތުން ރައްޔިތުން ބާރުވެރި ކުރުމަށް މަސައްކަތްކުރާ ވާތު ފިޔައިގެ ސިޔާސީ ހަރަކާތެއް ކަމަށްވާ ނަވާނަވައި ޖަމާއަތުން ވެސް ވަނީ މަޖިލިސް އިދާރާ ކައިރީގައި މުޒާހަރާކޮށްފިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް