ads
ފޮޓޯ: ރައީސް އޮފީސް
އެއްވެސް މައްސަލައެއްގެ ތަހުގީގު ކުރިއަށް ގެންދެވެން ނެތްކަމަށް ބުނެފައެއް ނުވާނެ: މަރު ކޮމިޝަން
މަރާލައިފާ މީހުންނައި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަންގެ އެއްވެސް މައްސަލައެއްގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް ބުނެފައި ނުވާނެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

މަރު ކޮމިޝަނުން މިފަދައިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، މަރު ކޮމިޝަންގެ ބައެއް ތަހުގީގުތައް ކުރިއަށް ގެންދެވެން ނެތްކަމަށް ބުނެފައިވާކަމަށް ވިދާޅުވެފައިވާތީ އެކަމާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

މަރު ކޮމިޝަނުން ނެރެފައިވާ ބަޔާނެއް ބުނެފައިވަނީ ކޮމިޝަނުން ބަލަމުންދާ މައްސަލަތައް ގޮސްފައިވާ ހިސާބު ލިޔުމުން އެންގުމަށް މަޖިލީހުން އަންގާފައިވާތީ، އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތަހުގީގު މިހާރު ގޮސްފައިވާ ހިސާބު ހުށަހަޅާފައިވާކަމަށެވެ. އަދި މައްސަލަތަކުގައި ހެކި ހޯދުމަށް ހުރި ގޮންޖެހުންތަކުގެ ވާހަކަވެސް މަޖިލީހަށް ދަންނަވާފައިވާކަމަށް އެ ކޮމިޝަންގެ ބަޔާނުގައި ވެއެވެ. 

"ނަމަވެސް ކޮމިޝަނުން ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް ދަންނަވާފައެއްނުވާނެ އެވެ." ބަޔާނުގައިވެ އެވެ. 

މީގެ އިތުރަށް ބުނެފައިވަނީ އެ ކޮމިޝަންގެ މަަސައްކަތްތައް ހުއްޓުމެއްނެތި ކުރަމުންދާ ކަމަށެވެ. 

ރައީސް ނަޝީދު މިއަދު ވިދާޅުވެފައިވަނީ ޑރ. އަފްރާޝިމް އަލީގެ މަރުގެ މައްސަލައިގެ ރިޕޯޓް މަޖިލީހުން އާންމު ކުރުމުން އެކަމުގެ ތަހުގީގަށް ހުރަސް އެޅިފައިވާކަމަށް ކޮމިޝަނުން ބުނެފައިވާކަމަށެވެ. އަދި ނޫސްވެރިޔާ ރިލްވާން އަބްދުުﷲ ގެއްލުވާލި މައްސަލަައިގައި މަޖިލީހަށް ލިބިފައިވަނީ ހުލާސާ ރިޕޯޓެއް ކަމަށާއި، އެކަމުގެ އިތުރު ތަސްފީލެއް މަޖިލީހަށް ލިބިފައި ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް