ads
ރޮޒޭނާ - ފޮޓޯ: މަޖިލީސް
ސަލާމަތީ ފިޔަވަޅުތަކާއި އެކު އެއްވުންތައް ބޭއްވުމަށް ޖާގަ ދެވެން ޖެހޭނެ: ރޮޒައިނާ
ލޮކްޑައުންއަށް ލުޔެއް ދީފައި ވާއިރު ހެލްތު ޕްރޮޓެކްޓަޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފައިވާ ސަލާމަތީ ފިޔަވަޅުތަކާއެކު އެއްވުންތައް ބޭއްވޭނެ ކަމަށާއި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަކީ ގާނޫނުން ކޮންމެ މީހަކަށް ލިބިދީފައިވާ ހައްގެއް ކަމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

މަޖިލީސް ކުރާ ގެ ކައިރީގައި މިއަދު ކުރިޔަށް ދިޔަ އެއްވުން ފުލުހުން ރޫޅާލުމާއި ގުޅިގެން ރޮޒައިނާ ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ގައުމު ލޮކްޑައުންގެ ހާލަތުގައި ނުވާނަމަ، ގައިދުރުކޮށް މާސްއެޅުމުގެ އިތުރުން އެޗްޕީއޭއިން އަންގާފައިވާ ސަލާމަތީ ފިޔަވަޅުތަކާއި އެކު އެއްވުންތައް ބޭއްވެން ޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި ފުލުހުން އެ އެއްވުން ރޫޅާލުމުގެ ބަދަލުގައި އެޗްޕީއޭއިން ނެރެފައިވާ ސަލާމަތީ ފިޔަވަޅުތަކާއި އެކު އެ އެއްވުން ކުރިޔަށް ގެންދިއުމަށް ޖާގަ ދިނުން ރަނގަޅު ކަމަށް ވެސް ވިދާޅުވި އެވެ.

މިދިޔަ އަހަރު ވެސް މަޖިލިސް ކުރިމަތީގައި ކްލައިމެޓް ސްޓަރައިކްގެ ނަމުގައި މުޒާހަރާއެއް ކުރަން ޖާގަދެވުން ކަމަށާއި އެކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ނުކުރާކަމަށް ވެސް ވިދާޅުވި އެވެ. އެހެންނަމަވެސް މިއަދުގެ މުޒާހަރާއަށް ފުލުހުން ތަން ދީފައި ނުވާކަން އޭނާ ފާހަގަކޮށްފައިވެ އެވެ. އަދި ދެ ފަހަރު ދެގޮތަކަށް އަމަލު ކުރުމުގެ ބަދަލުގައި އެއްގޮތަކަށް އަމަލު ކުރުމަށް އޭނާ ގޮވާލައްވަ އެވެ.

ކްލައިމެޓް ސްޓައިކްގެ ނަމުގައި މުޒާހަރާއެއް ބޭއްވުނު ދުވަހާއި މިއަދާއި ހުރި ހަމައެކަނި ތަފާތަކީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖެއަށް އިއުލާނުކޮށްފައިވުންކަން ފާހަގަކުރައްވަމުން ރޮޒައިނާ ވިދާޅުވީ އެޗްޕީއޭގެ އެންގުންތަކުގެ މަތިން ސަލާމަތީ ފިޔަވަޅުތަކާއި އެކު އެއްވުންތައް ބޭއްވުމަށް ޖާގަ ދެވެން ޖެހޭނެ ކަމަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަނިވަންކަން ގާނޫނުގައިވާ ގޮތުގެ މަތިން ކޮންމެ ރައްޔިތަކަށް ލިބެން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް