ads
ކޮރެއާގެ ފްރޮންޓްލައިން މަސައްކަތްތެރިން---
ދެކުނު ކޮރެއާއަށް ވެސް ކޮވިޑް-19ގެ ދެވަނަ ރާޅެއް!
ދެކުނު ކޮރެއާގެ ސިއްހީ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، ވައިރަހަށް ޕޮޒިޓިވްވާ މިންވަރު ދަށްވިޔަސް އެ ގައުމަށް މިހާރު ވަނީ ކޮވިޑް-19 ގެ ދެވަނަ ރާޅެއް ކުރިމަތިވެފަ އެވެ.

ދެކުނު ކޮރެއާއިން ވެސް ކޮވިޑް-19އާ ކުރިމަތިލާ އެ ބަލި ކޮންޓްރޯލްކޮށްފައި ވަނިކޮށް، އެ ގައުމުގައި ވައިރަހުގެ އާ ކްލަސްޓާތަކެއް ފެނި ވައިރަސް އަނެއްކާ ފެތުރެން ފަށުމާއި ގުޅިގެން، މިހާރު މިވަނީ ވައިރަހުގެ ދެވަނަ ރާޅަކާއި ކުރިމަތިލާން ޖެހިފައި ކަމަށް އެ ގައުމުގެ ސިއްހީ މާހިރުން ވަނީ ބުނެފަ އެވެ.

އެގޮތުން، ވައިރަސް ފެތުރޭ މިންވަރު ނުވަތަ ވައިރަހަށް މީހުން ޕޮޒިޓިވްވާ މިންވަރު ކުރިއާއި ބަލާފައި މަދު ކަމުގައިވިޔަސް، މިހާރު އެ ގައުމުން ފެނިގެން ދަނީ ވައިރަހުގެ ދެ ވަނަ ރާޅެއްގެ މަންޒަރު ކަމަށާއި، ވައިރަސް ކުރިއަށް އޮތް މަސްތަކުގައި ވެސް ފެތުރޭނެ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ލަފާކޮށްފަ އެވެ.

ކޮރެއާ ސެންޓާ ފޯ ޑިސީސް ކޮންޓްރޯލް (ކޭސީޑީސީ) ގެ ވެރިޔާ، ޖަންގް އޫން-ކިޔޮންގެ ވިދާޅުވީ އެ ގައުމަށް ކުރިމަތި ކޮވިޑް-19 ގެ ފުރަތަމަ ރާޅު އޭޕްރީލް މަހުގައި ނިމިގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް މެއި މަހުގައި އެ ގައުމުގެ ނައިޓް ކްލަބަކުން ވައިރަހުގެ ކޭސްތަކެއް ފެނުނު ހިސާބުން ވައިރަސް ޖެހޭ މިންވަރު އިތުރުވެ، އިތުރު ކްލަސްޓާތައް ފެންނަން ފަށާފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ދެކުނު ކޮރެއާގެ ސިއްހީ ދާއިރާގެ އޮފިޝަލުން ހޯމަ ދުވަހު ވިދާޅުވި ގޮތުގައި، 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ކޮވިޑް-19 ގެ 17 އާ ކޭހެއް ވަނީ ފެނިގެން ގޮސްފަ އެވެ. އެގޮތުން އާ ކޭސްތަކުގެ ކްލަސްޓާތައް ފެނިފައި ވަނީ އެ ގައުމުގެ ބޮޑެތި އޮފީސްތަކާއި ވެއާހައުސްތަކުން ކަމަށް ވަނީ ވިދާޅުވި އެވެ.

އޭގެ އިތުރުން، މިއަދު އެ ގައުމުން 46 ކޭސް ފެނިގެން ގޮސްފައިވާ ކަމަށާއި، އަދަދުތައް ބައިނަލްއަގްވާމީ މިންގަނޑުން ބަލާއިރު މަދު، ނަމަވެސް މިއީ ވައިރަހުގެ ދެ ވަނަ ރާޅެއްކަން އެނގޭ ކަމަށް ވެސް ވިދާޅުވި އެވެ.

މިހާތަނަށް އައިރު، ކޭސީޑީސީ އިން ބުނަމުން ދިޔައީ ވައިރަހުގެ ފުރަތަމަ ރާޅު އަދި ނިމިގެން ނުދާ ކަމަށެވެ. ނަމަވެސް ވައިރަސް ފެތުރޭ މިންވަރު ހުއްޓިފައި ވަނިކޮށް އަލުން ވައިރަސް ފެނިގެން ދިއުމުން އެ ސެންޓަރުން ބުނަނީ އެ ގައުމުގައި ވައިރަހުގެ ދެވަނަ ރާޅު މިހާރު ފެށިފައިވާ ކަމަށާއި، އިތުރަށް އަދި ފެތުރެމުން ދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް