ads
ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
އޯލެވެލް އިމްތިހާނުގެ ސެޓްފިކެޓްތައް ސެންޓަރުތަކަށް ފޮނުވަން ފަށައިފި
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ސެޓްފިކެޓްތައް ސްކޫލުތަކަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ސްކޫލްތަކަށް ސެޓްފިކެޓުތައް ލިބުނުހާ އަވަހަށް ދަރިވަރުންނަށް ދޫކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. 

އޭގެ އިތުރުން މިއަހަރުގެ އޭލެވެލް އިމްތިހާން ހެދި ދަރިވަރުންގެ ސެޓްފިކެޓްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ކުރިއަށްދާއިރު ބައެއް ސްކޫލްތަކަށް މިހާރު ވަނީ ސްޓެފިކެޓްތައް ފޮނުވާފައި ކަމަށާއި އެގޮތުން އެއްވެއުޅުން މަނާކުރެވިފައިވާ މިހާލަތުގައި ގައިދުރުކުރެވޭނެ ގޮތުގެ މަތިން ސްކޫލްތަކުން ދަރިވަރުންނަށް ސެޓްފިކެޓްތައް ދޫކުރާއިރު އަމަލުކުރަންޖެހޭ ގޮތުގެ އުސޫލު ވެސް ސްކޫލުތަކާއި ހިއްސާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އޭލެވެލް އަދި އޯލެވެލް ސެޓްފިކެޓްތަކަކީ އެ ޔުނިވާސިޓީތަކުން ޕްރިންޓްކޮށް ސީލްޖަހައިގެން ސެންޓަރުތަކަށް ފޮނުވާ އެއްޗެއް ކަމަށާއި އަދި ސެޓްފިކެޓްތައް ޕްރިންޓްކުރާނީ ރީޗެކް މަރުހަލާނިމި ދަރިވަރުންގެ ނަތީޖާތައް ކަށަވަރުވިމުން ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު/ ނޮވެމްބަރުގައި އޭލެވެލް އަދި އޯލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ސެޓްފިކެޓްތަކާއި ގުޅޭ ގޮތުން ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ އިމްތިހާނުތަކުގެ ސެޓްފިކެޓްތަކަކީ ކެމްބްރިޖް އާއި އެޑެކްސަލްއިން ޕްރިންޓްކޮށް ސީލްޖަހައިގެން ސެންޓަރުތަކަށް ފޮނުވާ އެއްޗެއް ކަމަށާއި ސެޓްފިކެޓްތައް ޕްރިންޓް ކުރާނީ ރީޗެކް މަރުހަލާ ނިމި ދަރިވަރުންގެ ނަތީޖާތައް ކަށަވަރުވުމުން ކަމަށެވެ.  

ސެޓްފިކެޓްތައް ލިބުމުގައި ލަސްތައް ދިމާވެފައި ވަނީ އެ މަރުހަލާ ނިމި ސެޓްފިކެޓްތައް ފޮނުވުމާއި ހަމައަށް އައިއިރު ކޮވިޑް-19ގެ ސަބަބުން އިނގިރޭސިވިލާތާއި އެހެން ގިނަ ގައުމުތަކުގެ އެއާޕޯޓްތައް ބަންދުކޮށްފައި އޮތުމުން ކަމަށް އެޑިޔުކޭޝަނުން ކުރިން ނެރެފައިވާ ބަޔާނުގައި ބުންޏެވެ. 

މިނިސްޓްރީން އިތުރަށް ބުނީ ސެޓްފިކެޓް ލިބުމުގެ ކުރިން މަތީ ތައުލީމުގެ ފުރުސަތަކަށް އެދި ހުށަހަޅަން ބޭނުންވެއްޖެނަމަ، މިހާރު ދޫކޮށްފައިވާ ނަތީޖާ ޓްރާންސްކްރިޕްޓް ބޭނުންކުރެވިދާނެ ކަމަށެވެ. އަދި ނަތީޖާގެ ކަށަވަރުކަން ޔަގީންކުރުމަށް އިތުރު ލިޔުމެއް ބޭނުންވާނަމަ ޑީޕީއި އަށް އެކަމަށް އެދި ހުށައެޅުމުން އެފަދަ ލިޔުމެއް ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށެވެ. 

މިނިސްޓްރީން ބުނީ އެގޮތަށް އެދެން ބޭނުން ނަމަ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންގެ [email protected] އަށް މެއިލް ކުރުމުން އެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް