ads
ރައީސް ވަހީދު މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ--
ޕީޕީއެމްގެ އެޑްވައިޒަރުގެ މަގާމަށް ކުރީގެ ރައީސް ވަހީދު ހަމަޖައްސައިފި
އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ އެޑްވައިޒަރުގެ މަގާމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހަމަޖައްސަވައިފި އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވަނީ އެމަނިކުފާނަށް މަގާމު ހަވާލުކުރައްވާފަ އެވެ. 

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ، އެމަނިކުފާނު ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނަވާތާ މިހާރު ހަ އަހަރުވެފައިވާ ކަމަށެވެ.

އަދި އުމުރުން ދުވަސްވީނަމަވެސް ގައުމަށް ހިދުމަތް ކުރުމުގެ ވިސްނުމުގައި ހުންނަވަނިކޮށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވަނީ ޕާޓީގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންފައި ކަމަށެވެ. 

ޑރ. ވަހީދު، ޕީޕީއެމްއަށް ސޮއި ކުރައްވާފައި ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގަތުމުންނެވެ. އެގޮތުން އެޕާޓީއާ ގުޅިވަޑައިގަތީ އެމަނިކުފާނުގެ ޕާޓީ، ގައުމީ އިއްތިހާދު އުވާލުމަށް ފަހެވެ. 

ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ނައިބް ރައީސްގެ ގޮތުގައި ހުންނެވި ވަހީދަށް ރައީސްކަން ލިބިވަޑައިގަތީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެގޮތުން 2012 ވަނަ އަހަރުގެ ފެބްރުއަރީ ކުރީކޮޅުން ފެށިގެން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް އެމަނިކުފާނު ވަނީ ރައީސްކަން ކުރައްވާފަ އެވެ. އެކަމަކު 2013 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ، އެމަނިކުފާނަށް ލިބިވަޑައިގަތީ އެންމެ ފަސް ޕަސެންޓެވެ. އޭގެ ފަހުން، އެހާ ބޮޑަސް ސިޔާސީ ދާއިރާގައި އުޅުއްވާ މަންޒަރެއް ފެނިގެނެއް ނުދެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް