ads
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--
ސިޔާސީ ކަންކަމުގެ ތެރެއަށް އަލުން މިނިކުތީ އަމިއްލަ ބޭނުމެއްގައެއް ނޫން: ވަހީދު
ސިޔާސީ ކަންކަމުގެ ތެރެއަށް އަލުން އަމަލީ ގޮތުން ނިކުމެވަޑައިގަތީ އެއްގޮތަކަށް ވެސް އަމިއްލަފުޅު ބޭނުމެއް އޮވެގެން ނޫން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެ އެވެ.

އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ހަވާލުވެވަޑައިގަތުމަށް ފަހު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ވަހީދު ވިދާޅުވީ އަމަލީ ގޮތުން އަނެއްކާ ވެސް ސިޔާސީ ކަންކަމުގެ ތެރެއަށް ނިކުމެވަޑައިގަތީ އަމިއްލަފުޅު ބޭނުމެއް އޮވެގެން ނޫން ކަމަށާއި އެގޮތުން ވޭތުވެދިޔަ ހަ އަހަރު އުޅުއްވި ގޮތަށް އެމަނިކުފާނަށް އުޅުއްވެން އެބަ އޮތް ކަމަށެވެ. 

"އެނގިވަޑައިގަންނަވާނެ ފަދައިން ވޭދުވެދިޔަ ހައެއްކަ އަހަރު އުޅުނު ގޮތަށް އަޅުގަނޑު ދެން އޮތްތާނގަ ވެސް އުޅެވޭނެ. އެހެންނަމަވެސް އަޅުގަނޑުގެ އުމުރުގެ ދެން އޮތް ތަނުގައި ވެސް އަޅުގަނޑު ބޭނުންވަނީ ކޮންމެވެސް ހިދުމަތެއް ކޮށްދޭން،"

އެގޮތުން 1980 ގެ އަހަރުތަކުން ފެށިގެން ޑިމޮކްރަސީ ގެނައުމުގެ މަސައްކަތުގައި އެމަނިކުފާނު ވެސް ބުރަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރައްވާ ވިދާޅުވީ މިއަދު ރާއްޖޭގައި އޮތް ޑިމޮކްރަސީ ވަރުގަދަވާން ޖެހޭ ކަމަށެވެ. އަދި މިއީ ރައްޔިތުން އުއްމީދުކުރާ ފަދަ ޑިމޮކްރަސީއެއް ގެނެވޭނީ ވަރުގަދަ އިދިކޮޅު ޕާޓީއެއް އޮވެގެންކަން ވެސް ފާހަގަކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް