ads
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ވަހީދު--
7 ފެބްރުއަރީގައި ހިނގީ ފާހަގަކުރަންޖެހޭ ވަރުގެ ކަމެއް ނޫން: ވަހީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ގޮތާއި މެދު އުފާކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އެމަނިކުފާނުގެ ވެރިކަމުގައި ނައިބް ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހު ވެއްޓުނީ ސަރުކާރާ ދެކޮޅަށް އާންމުން ނިކުމެ ކުރި މުޒާހަރާތަކާއި ފުލުހުންނާއި ސިފައިން ގުޅި، ހިނގި ހަމަނުޖެހުންތަކާއެކު އެވެ. އެއާއެކު ވަހީދު ވަނީ ވެރިކަމާއި ހަވާލުވެވަޑައިގެންފަ އެވެ.

މިރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގައި ޑރ. ވަހީދު ވިދާޅުވީ ވެރިކަން ބަދަލުވި ގޮތް ތަހުގީގުކޮށް ކޮމިޝަން އޮފް ދަ ނޭޝަނަލް އިންކުއަރީ (ކޯނީ) އިން ނެރުނު ރިޕޯޓުގައި ވެސް ވަނީ ވެރިކަން ބަދަލުވެގެން އައީ ބަގާވާތަކުން ނޫން ކަމަށް ނިންމާފައި ކަމަށެވެ. އެކަމަކު އެ ދުވަހު ހިނގި ކަންކަމަކީ އުފާކުރަން ޖެހޭ ކަންކަން ނޫންކަން ފާހަގަކުރައްވަމުން ވިދާޅުވީ ރިޔާސީ ކޮމިޝަނުން ވެސް މައްސަލަ ތަހުގީގުކުރިއިރު އެކަމުގައި އެމަނިކުފާނުގެ ނުފޫޒެއް ނެތް ކަމަށް ވެސް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ ރިޔާސީ ކޮމިޝަނުގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ގެންދިއުމުގެ މަގްސަދުގައި ރިޔާސީ ކޮމިޝަން އުފެއްދެވީ ބޭރުގެ ފަރާތްތަކާއި އެމްޑީޕީގެ ފަރާތްތައް ވެސް ހިމެނޭ ގޮތަށް ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަން ކުރެއްވީ އެމަނިކުފާނުގެ އދ. ގެ ތަޖުރިބާގެ އަލީގައި ކަމަށެވެ. 

އޭގެ އިތުރުން ޑރ. ވަހީދު ވިދާޅުވީ، އެ މައްސަލަ އަލުން ބަލާނަމަ ވެސް އެކަމުގައި އެއްބާރުލުން ދެއްވާނެ ކަމަށެވެ. 

ވަހީދު އެގޮތަށް ވިދާޅުވިއިރު މަޖިލީހުގެ ރައީސް އަދި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުން ގަބޫލުކުރަނީ އެ ދުވަހު ހިނގާދިޔަ ކަންކަމަކީ ބަގާވާތެއް ކަމަށެވެ. އެގޮތުން ވަރަށް ފަހުން ރައީސް ނަޝީދު ވަނީ 2012 ވަނަ އަހަރުގެ ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރެވިއްޖެނަމަ އެއީ ބަގާވާތެއްކަން ވަރަށް ބޮޑަށް ސާފުވާނެ ކަމަސް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް