ads
ދީޕިކާ ޕަޑުކޯން--
ދީޕިކާ، ރުޅިގަނޑު ޕަޕަރާޒީންނަށް!
ބޮލީވުޑުގެ ޕަޕަރާޒީއެއްގެ އެކައުންޓް މެދުވެރިކޮށް އިންސްޓަގްރާމުން ހިއްސާކުރި ވީޑިއޯއަކާއި ގުޅިގެން ބަތަލާ ދީޕިކާ ޕަޑުކޯން ރުޅިގަދަވެއްޖެ އެވެ.

ވީޑިއޯ އިން ފެނިގެންދަނީ ވަރަށް ފަހުން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖުޕުތުގެ ހަށިގަނޑު ހޮސްޕިޓަލުން ގަބުރުސްތާނަށް ގެންދާ މަންޒަރެވެ. 

އެއާއެކު ދީޕިކާ ވަނީ އެގޮތަށް ވީޑިއޯ ހިއްސާކުރަން ޖެހޭނީ އޭނާގެ އާއިލާގެ މީހުންގެ ހުއްދައަކާއެކު ކަމަށް ބުނއ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. 

ދިޕިކާގެ އެ ވާހަކަގެ ދިފާއުފައި އޭނާގެ ސަޕޯޓަރުން ވެސް ތެދުވެ ވާހަކަ ދައްކާފައިވެ އެވެ. 

އަދި އާއިލާގެ ހުއްދަނެތި އެފަދަ ވީޑިއޯ ހިއްސާކުރުމުން ނުރަނގަޅު އަސަރު ކުރާނެ ކަމަށް ބުންޏެވެ. 

ސުޝާންތު މަރުވި ދުވަހު ވެސް ދީޕިކާ ވަނީ ނަފްސާނީ ބައްޔާއި ގުޅިގެން ވާހަކަ ދައްކާފަ އެވެ. އެގޮތުން އެ ބައްޔާއި ހަނގުރާމަ ކުރި މީހެއްގެ ހައިސިއްޔަތުން އެއީ ކިހާ ވަރެއްގެ ކަމެއްކަން އެނގޭކަމަަށް ދީޕިކާ ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް