ads
ކުރުނބާ ފަނި--
ހިކެން ބޭނުންވާނަމަ ކުރުނބާ ފަނި ކިހިނެއް ވާނެ؟
ރަނގަޅު ސިއްހަތެއްގައި ހުރުމަކީ ތިމާގެ ދިރިއުޅުން އުޖާލާކޮށްދޭ ކަމެކެވެ. ސިއްހަތައް ފައިދާހުރި ކާނާ ކެއުމާއި ރަނގަޅު ޑައަޓެއް ގެންގުޅުމަކީ ތަފާތު ބަލިމަޑުކަމުން ސަލާމަތްވެ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ ބިންގަލެއްވެސް މެއެވެ. އެގޮތުން، އެ ޑައަޓުގައި ކުރުނބާ ފަނި ބޭނުން ކޮށްލުން ކިހިނެއް ވާނެ ހެއްޔެވެ؟

ކުރުނބާ ފަންޏަކީ ރާއްޖޭގެ ގިނަ ބައެއް ލޯބި ކުރާ ބުއިމެކެވެ. ރަށްރަށުގައާއި މާލޭގައި ވެސް ކުރުނބާ ފަންޏަށް އޮންނަ ޑިމާންޑު ވަރަށް ބޮޑެވެ. އެގޮތުން، ސީދާ ކުރުނބާ ނުލިބުނު ކަމުގައިވީ ނަމަވެސް، ކުރުނބާ ފަނި ފުޅި ފުޅިއަށް އަޅައިގެން ފިހާރަތަކުގައި ވިއްކުމަކީ އާންމު ކަމެކެވެ. ކުރުނބާ ފަންޏަށް ޑިމާންޑު އެހާ ބޮޑުއިރުގައި ކުރުނބާ ފަނިން ހަށިގަނޑަށް ލިއްބައިދޭ ގިނަގުނަ ފައިދާތައް އެނގިލައްވަނީ ކިތައް ބޭފުޅުންނަށް ހެއްޔެވެ؟ 

އާންމުކޮށް ސްޕޯޓްސް ޑްރިންކެކޭ ބުނުމުން ގިނަބައެއްގެ ބޮލަށް އަންނާނީ ރެޑްބުލް ނުވަތަ އެކްސެލް ފަދަ ބުއިމެކެވެ. މިއީ ރާއްޖޭގައި ގިނަ ޒުވާނުން ބޮއެ ހަދާ ބުއިން ތަކަށްވީއިރު، ކުރުނބާ ފަނިވެސް ސްޕޯޓްސް ޑްރިންކެއްގެ ގޮތުގައި ބޭނުން ކުރެވޭނެ ކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ދަޅުދަޅުގައި ބަންދުކޮށް، ނޭނގޭ އެތަކެއް އިންގްރިޑިއެންޓްސް ތަކަކުން ހަދާފައިހުންނަ ރެޑްބުލް ފަދަ އެއްޗެހިން ފޯރުކޮށްދޭ ހަކަތައަށް ވުރެ ކުރުނބާ ފަނި ބޯ ލުމުން މީހާގެ ހަށިގަނޑަށް ލިއްބައިދޭ ހަކަތަ އިތުރެވެ.

އޭގެ އިތުރުން ކުރުނބާ ފަނީގައި ކެލޮރީސް އެކުލެވޭލެއް މަދުވެފައި އެ ފަނީގައި ގުދުރަތީގޮތުން އުފެދިފައިވާ އެންޒައިމްއާއި މިނެރަލް އެކުލެވެ އެވެ. އެގޮތުން، ޕޮޓޭސިއަމް، ފައިބާ އަދި ޕްރޮޓީން ކުރުނބާ ފަނީގައި އެކުލެވޭއިރު، ހިކެން ބޭނުންވާ ފަރާތްތަކަށް މިއީ އެންމެ ރަނގަޅު އެއް ބުއިމެވެ. އަދި ކުރުނބާ ފަނީގައި އެކިކަހަލަ މިނެރަލް އަދި ވިޓަމިންސް ފަދަ މާއްދާތައް އެކުލަވާލެވިފައި ހުރުމުން، މީހާގެ ހަށިގަނޑު ތާޒާ ކޮށްލާ، ހައިޑްރޭޓް ވެސް ކޮށްދެއެވެ.

ކުރުނބާ ފަނީގައި އެހެން ހުރިހާ މޭވާގައި އެކުލެވޭ ވަރަށް ވުރެ މިނެރަލްއާއި ވިޓަމިންސް ގިނަ ވުމުން، ގައިގެ ބަރުދަން ލުއިކުރަން ބޭނުންވާ ފަރާތްތަކަށް މި ބުއިމަކީ އެހެން ހުރިހާ މޭވާއަކުން ތައްޔާރު ކުރާ ފަނިތަކަށް ވުރެ ރަނގަޅު ބުއިމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް