ads
މާފުށި
ރާއްޖޭގެ ބޯޑަރުތައް ހުޅުވުން ލަސްވާނަމަ މާފުށީ ރައްޔިތުން ބަނޑަށް ޖެހިދާނެކަމުގެ ބިރު ހީވެފައި
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައިވާ މިދަނޑިވަޅުގައި ކ. މާފުށީގެ ރައްޔިތުންގެ އަތްމަތި ދަތިވެ ބަނޑަށް ޖެހިދާނެ ކަމުގެ ބިރު ހީވެފައިވާކަމަށް އެރަށުގެ ބޮޑެތި ވިޔަފާރީވެރިން ބުނެފި އެވެ.

ރާއްޖެއަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ނެގުނު ސަލާމަތީ ފިޔަަވަޅުތަކުގެ ތެރެއިން ގައުމުގެ ބޯޑަރުތައް ބަންދުކުރުން ވެގެން ދިޔައީ މާފުށީ ރައްޔިތުންގެ މުޅި އިގްތިސޯދު އެއްކޮށް ހުއްޓިގެން ދިޔަ ކަމަކަށެވެ.

މިކަމާއި ގުޅޭ ގޮތުން މާފުށީ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ސީއެންއެމްއަށް ވިދާޅުވީ މާފުށީގެ 99 އިންސައްތަ މީހުންނަކީ ލޯކަލް ޓޫރިޒަމްގެ ވިޔަފާރީ ކުރަމުންދާ ފަރާތްތައް ކަމަށެވެ. އަދި މި ލޮކްޑައުންއާއި ގުޅިގެން އެރަށުގެ އިގްތިސޯދަށް ބޮޑު ލޮޅުމެއް އަރާފައިވާކަމަށާއި، ބޯޑަރުތައް ނުހުޅުވެ ގިނަ ދުވަސްތަކެއް ވާނަމަ މިހާރު ވަޒީފައިގައި ތިބި މަދު ފަރާތްތަކުގެ ވަޒީފާތައް ވެސް ގެއްލިގެން ދާނެ ކަމަށް އެނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އިގްތިސޯދު އެއްކޮށް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު ހީވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގައި ފެށުމަށް ސަރުކާރުން ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުވާލާ ވިދާޅުވީ ފަތުރުވެރިކަން ފެށުމަށްޓަކައި މާފުށީގައިވެސް ގިނަ މަސައްކަތް ތަކެއް ކުރެވެމުން ދާކަމަށެެވެ.

އެގޮތުން ނިއު ނޯމަލްގެ އުސޫލުތަކާއި އެއްގޮތަށް ލޯކަލް ޓޫރިޒަމް އާއި ގެސްޓްހައުސް ވިިޔަފާރީ ކުރާ ފަރާތްތަކާއި އެކު މަޝްވަރާތަކެއް ކުރެވެމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ. 

"ގެސްޓް ހައުސް ވިޔަފާރީތައް ފަށާއިރު އަޅުގަނޑުމެން މި ބަލަނީ އަލުގަނޑުމެންނަށް ރައްކާތެރިވުމުގެ ގޮތުން އެޅޭނީ ކޮން ފިޔަވަޅުތެކެއްތޯ. މިގޮތުން ބަދަރުމަތި ބެލުމާއި، ކެފޭ ރެސްޓޯރެންޓްތަކުގައާއި ގެސްޓް ހައުސްތަކުގައި ގައި ދުރުކަން އިސްކުރެވޭނެ އުސޫލުތަކާއި މެދު މި އަންނަނީ މަޝްވަރާ ކުރެވެމުން" ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ވިދާޅުވި އެވެ.

މާފުށި ކައިރީގައި ވަކި ރަށެއްގެ ގޮތުގައި ތަރައްގީ ކުރެވެމުންދާ ބިމާއި ބެހޭ ގޮތުން އޭނާ ވިދާޅުވީ އެ ބިމަކީ އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ތަރައްގީކުރަމުންދާ ބިމެއް ކަމަށެވެ. އަދި އެރަށުގައި ގެސްޓް ހައުސްގެ ވިޔަފާރީ ކުރަމުންދާ ހުރިހާ ފަރާތެއް އެ މަސައްކަތް ކުރަނީ އަމިއްލަ ބިންތަކުގައި ކަމަށާއި ސަރުކާރުގެ އެއްވެސް ބިމެއް އެކަމުގައި ބޭނުން ނުކުރާކަން ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް