ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް--
ރައީސްގެ ޕްރެސް ކޮންފަރެންސް މިއަދު 04:30 ގައި
ރައީސުލްޖުމްހުރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވާ ޕްރެސް ކޮންފަރެންސެއް މިއަދު ހަވީރު 04:30 އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމަވާފައިވާއިރު މިއީ ކޮވިޑް19 ގެ ކަންކަމުގެ ތެރޭގައި ރައީސް ނޫސްވެރިންނާއި ބައްދަލު ކުރައްވާ ދެވަނަ ފަހަރެވެ. އެހެން ނަމަވެސް ރައީސް އެކި ފަހަރު މަތިން ގައުމާ މުހާތަބު ކުރައްވާފައި ވެއެވެ. 

އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ރާއްޖޭގެ ކޮވިޑް19 ގެ ހާލަތާއި އިގްތިސާދީ ކަންކަމާއި ގުޅޭގޮތުން ރައީސް ވާހަކަފުޅު ދައްކަވާ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައިވެއެވެ. 

ބެލެވޭ ގޮތުގައި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ރާއްޖެ ފަތުރުވެރިކަމަށް ހުޅުވާލުމާއި ގުޅޭގޮތުންނާއި ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ރައީސް އިތުރު މައުލޫތު ދެއްވާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް