ads
ޖަރުމަނުގެ މީޓް ޕެކިން ޕްލާންޓުގައި އެކަހެރި ކޮށްފައި ތިބި މުވައްޒަފުން
ވައިރަސް ފެތުރި، ޖަރުމަނުގެ ދެ ސަރަހައްދެއް އަނެއްކާ ލޮކްޑައުނަކަށް
ޖަރުމަނުގައި ގިނަ އަދަދެއްގެ ބަޔަކު އެއް ތަނަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ބަލި އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރަށް، އަލުން އެގައުމުގެ ދެ ސަރަހައްދެއް ލޮކްޑައުންކޮށްފި އެވެ.

ޖަރުމަނުގެ ކަމާ ބެހޭ އިދާރާތަކުން ބުނި ގޮތުގައި، އަލުން ލޮކްޑައުންއަކަށް ދިޔައީ އެ ގައުމުގެ މަސް ބަންދުކުރާ ކާރުހާނާއެއްގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. 

ލޮކްޑައުން ކޮށްފައި ވަނީ އެ މަސް ބަންދުކުރާ ކާރުހާނާ ހިމެނޭ ގުޓާސްލޯ ޑިސްޓްރިކްޓާއި، ވޮރެންޑޯފް ޑިސްޓްރިކްޓެވެ. 

އެ މަސް ބަންދުކުރާ ކާރުހާނާގެ 1،300 އަށް ވުރެ ގިނަ މުވައްޒަފުން ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ.

އެގޮތުން، އެގައުމުގެ ކަމާއި ބެހޭ އޮފިޝަލުން ވިދާޅުވީ ލޮކްޑައުން މި މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ދެމިގެން ދާނެ ކަމަށެވެ. އަދި އެ ލޮކްޑައުނަކީ، ވައިރަސް އިތުރަށް ފެތުރިދާނެ ކަމަށް ބަލާއި އަޅާފައިވާ ފިޔަވަޅެއް ކަމަށްވެސް ވިދާޅުވެ އެވެ. 

ޖަރުމަނުގައި ކޮވިޑް-19 ފުރަތަމަ ފެތުރެން ފެށުމުން، ވައިރަހުން ރައްކާތެރި ވުމުގެ ގޮތުން އެ ގައުމުގައި އެޅި ހަރުކަށި ފިޔަވަޅުތަކަށް ވަނީ ގިނަ ގައުމުތަކުންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ތައުރީފް ކޮށްފަ އެވެ. ނަމަވެސް، އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ އިގްތިސޯދު ހަމައަކަށް އެޅުވުމުގެ ގޮތުން އެ ގައުމުގައި އިއުލާންކުރި ލޮކްޑައުން ނެގުމުން ވައިރަސް އަނެއްކާ ފެތުރިގެން ދިއުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

އެ ގައުމުގައި ކުރިން އިއުލާންކުރި، ލޮކްޑައުން މިދިޔަ މެއި މަހު އުވާލި ފަހުން، އެ ގައުމުގެ އެއްވެސް ސްޓޭޓެއް ނުވަތަ ޑިސްޓްރިކްޓެއް ވެސް އަލުން ލޮކްޑައުން ކުރި މިއީ ފުރަތަމަ ފަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް