ads
ނަހުލާ އަލީ
ޖާބިރުގެ ސެކްރެޓޭރިއޭޓް އަކަށް ނަހުލާ ހަމަޖައްސައިިފި!
ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރުގެ މަޖިލިސް ސެކްރެޓޭރިއޭޓް އަކަށް ނަހުލާ އަލީ ހަމަޖައްސަވައިފި އެވެ

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން މިއަދު ކުރެއްވި ޓްވީޓެއްގައި ބުނީ ޖާބިރުގެ މަޖިލިސް ސެކްރެޓޭރިއޭޓްގެ މަގާމަށް ނަހުލާ އަލީ ހަމަ ޖައްސާފައިވާކަމަށެވެ.

އެކަމާ ގުޅިގެން ޖާބިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ބުނީ މަޖިލީހުގެ އައު ގަވާއިދުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދާއިރާގެ ކަންކަން ކުރެއްވުމަށް މަޖިލީހުގައި އެކަމަށް ހާއްސަ މޭޒެއް ބަހައްޓައި އެތަނުގައި މަސައްކަތް ކުރުމަށް ސެކްރެޓޭރިއޭޓެއް ހަމަޖެއްސުމުގެ ފުރުސަތު ދީފައި ވާކަމަށެވެ. އެގޮތުން ޖާބިރުގެ ސެކްރެޓޭރިއޭޓް ނަހުލާއަށް މަޖިލީހަށް ވަދެ ނިކުތުމުގެ އިތުރުން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސަވައި ދިނުމަށް އެދޭކަމަށް ސިޓީގައި ބުނެފައިވެ އެވެ.

ނަހުލާ ޖާބިރުގެ ސެކްރެޓޭރިއޭޓެއްގެ ގޮތުގައި ހަމަޖެއްސެވި އިރު އޭނާއަކީ ޕީޕީއެމް ޓިކެޓްގައި ވިލިމާލެ ދާއިރާގެ ކައުންސިލް ގޮނޑިއަށް ވާދަ ކުރައްވާ ކަނބަލެކެވެ. އަދި ނަހުލާއަކީ ޕީޕީއެމްގެ މެމްބަރަކަށް ވާއިރު މީގެ ކުރިން އިންތިހާބުގައި ޕީޕީއެމް ޓިކެޓްގައި މަޖިލިސް މެމްބަރުކަމަށް ވެސް އޭނާ ވާދަ ކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް