ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު--
ކުރިއަށް އޮތް ހަ މަސް ދުވަހު އެންމެނަށް ވެސް ވަރަށް ދަތިވާނެ: ރައީސް
ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ހުރިހާ ފަރާތްތަކަށް ވެސް ވަރަށް ބޮޑަށް ދަތިވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިަޔ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މި އަހަރު ބަޖެޓުގައި ހިމަނާފައިގެން ޖަޕާނަށް ވިއްކަން ހަމަޖައްސާފައިވާ ސަމުރާއީ ބޮންޑު ވިއްކުން މިވަގުތަށް މަޑުޖައްސާލާފައިވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާކަމަށް ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ކުރިއަށް އޮތް ހަ މަސްދުވަހަކީ ސަރުކާރާއި ރައްޔިތުންނަށްވެސް ބޮޑެތި ދަތިތަކަކާއި ކުރިމަތިވާނެ ދުވަސްތަކެއް ކަމަށެވެ. އަދި އެކަމުން އަރައިގަތުމަށް މަދުވެގެން 900 މިލިއަން ޑޮޮލަރު ނުވަތަ އެއް ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ބޭރުގެ މާލީ އިދާރާތަކުން، 215 މިލިއަން ޑޮލަރު ގެ އެހީއެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ސައުދީން 50 މިލިއަންގެ ލޯނެއް ދިނުމަށް ނިިންމާފައިވާކަމަށާއި، އަދި އަދޫދާބީންވެސް 50 މިލިއަންގެ ބަޖެޓް ސަޕޯޓެއް ދިނުމުގެ ކަންކަން ކުރިއަށްދާކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް