ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު--
މާލީ ދަތިތައް ކުރިމަތިވިޔަސް ވައުދުތައް ފުއްދާނަން: ރައީސް
ކޮވިޑް-19 އާ ގުޅިގެން ގިނަ ދަތިތަކެއް ކުރިމަތިވިޔަސް ރައްޔިތުންނަށްވި ވައުދުފުޅުތައް ފުއްދުމުގައި ދެމި ހުންނަވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެގޮތަށް ވިދާޅުވެފައި ވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގަ އެވެ. 

ރައީސް ސޯލިހް ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން މިއަހަރުގެ 6ހަ މަސްދުވަސް ވަރު ގެއްލިގެން ގޮސްފައިވާ ކަމަށެވެ. އަދިކުރިއަށްވެސް ހުރީ ދަތި އުނދަގޫ ދުވަސްތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ކަމުން ވައުދުތަކުގެ ތަރުތީބަށް ބަދަލުތަކެއް ގެންނަން ޖެހޭކަން ފާހަގަކުރެއްވި އެވެ. 

ބޯހިޔާވަހިކަމުގެ ވައުދާއި ގުޅޭގޮތުް ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ލޮކްޑައުން ހުޅުވުމާއި އެކު 1700 ހައުސިން ޔުނިޓްގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި ލޮކްޑައުނުން ހުޅުވުމާއި އެކު 4000 ހައުސިން ޔުނިޓްގެ މަސައްކަތުގައި ވެސް ސޮއި ކުރެވި މަސައްކަތް ކުރިއަށް ދާނެ ކަމަށާއި، ޖުމުލަ 10،000 ހައުސިން ޔުނިޓްގެ މަސައްކަތް މި ދައުރު ނިމެންވާއިރަށް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

މީގެ އިތުރުން ރައީސް ވިދާޅުވީ އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއުތަކާއި ބޯހިޔާވަހި ކަމުގެ މަޝްރޫއުތައް 2022 ވަނަ އަހަރުގެ މެދުތެރޭގައި ނުވަތަ ފަހުކޮޅުގައި ނިންމާލުމަށް މަސައްކަތްތައް ކުރައްވަމުން އަންނަކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް