ads
އެއްތަނެއްގައި އިށީނދެ އިންނަން ޖެހުމުން ކެންސަރަށް މަގުފަހިވޭ
އެއްތަނެއްގައި އަބަދު އިށީނދެ އިންނަން ޖެހުމުން ކެންސަރު ޖެހުމަށް މަގުފަހިވާ ކަމަށް ދިރާސާ އަކުން ދައްކައިފި އެވެ.

ޖާމާ އޮންކޯލޮޖީ ޖާނަލްގައި ޕަބްލިޝްކޮށްފައިވާ ދިރާސާ އަކުން ދައްކާ ގޮތުގައި އެއް ތަނެއްގައި އެތަކެއް ގަޑިއިރު ތަކެއް ވަންދެން އިށީނދެ އިންނަ މީހުން، ނުވަތަ، ތަނެއްގައި އަބަދު އިށީނދެ އިނދެ މަސައްކަތް ކުރަން ޖެހޭ މީހުންނަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑެވެ. 

އެގޮތުން އެއްވެސް ވަރަކަށް ހިނގާ ނޫޅޭ ނުވަތަ ވަރަށް މަދުން ހިނގާ އުޅޭ މީހުންނާއި، އަދި އަބަދު އެއްތަނެއްގައި އިށީނދެ އުޅޭ މީހުންނާއި، ކެންސަރު ޖެހި އެ ބަލިން މަރުވާ މީހުންނާއި ވަރަށް ބޮޑު ގުޅުމެއްވާ ކަމަށް މި ދިރާސާއިން ދައްކަ އެވެ. 

އެއްތަނެއްގައި އަބަދު އިށީނދެ އިނުމުގެ ބަދަލުގައި، މަސައްކަތް ކުރަން އިނދެފައި ތެދުވެ ކުޑަ ކޮށް ހިނގާލާ ކަންތައް ކުރުމަށް އެ ދިރާސާގައި ވަނީ އިރުށާދު ދީފަ އެވެ.

ޑޮކްޓަރު ސޫސަން ގިލްކްރައިސްޓް އިސްވެ ހުރެ ހިންގި މި ދިރާސާގައި ހަފްތާއެއްގެ ތެރޭގައި 8000 އެއްހާ މީހުންގެ ލައިފްސްޓައިލް 2009 އަކާއި 2013 ވަނަ އަހަރާއި ދެމެދު ބަލާ ދިރާސާ ކޮށްފައިވާއިރު ހަލުވި ނޫން މީހުން ނުވަތަ ހެލިފެލިވެފައި ނޫޅޭ މީހުންނަށް ކެންސަރު ޖެހިދާނެ ކަމުގެ 81 އިންސައްތަ ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް