ads
ފޮޓޯ: ސަން.އެމްވީ
އަމާޒަކީ އަށް ލައްކަ ފަތުރުވެރިން މިއަހަރުގެ ތެރޭގައި ގެނައުން: ރައީސް
ސަރުކާރުގެ އަމާޒަކީ އަށް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން މި އަހަރު ތެރޭގައި ރާއްޖެއަށް ގެނައުން ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ 850،000 ފަތުރުވެރިން މިއަހަރުގެ ތެރޭގައި ރާއްޖެއަށް ގެނައުން ކަމަށެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ އަހަރުގެ ފަހު ކޮޅުގައި ފަތުރުވެރިން ގިނައިން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ފަތުރުވެރިން އިތުރަށް އައި ކަމުގައިވީ ނަމަވެސް އޭގެ މާލީ ފައިދާ ފެންނާނީ އަންނަ އަހަރު އޭގެ ޓެކްސް ދެއްކުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން ރާއްޖޭގެ އިގްތިސާދު މުޅިންހެން ބަރޯސާވެފައި އޮންނަނީ ފަތުރުވެރި ކަމުގެ ސިނާއަތައް ކަމަށާއި، އަދި ރާއްޖޭގެ އިގްތިސާދު ބޮޑަށް އެެއް ދާއިރާއަށް ބަރޯސާވެފައި އޮންނައިރު ފަތުރުވެރި ކަމުގެ އާމްދަނީ މިހާރު އޮތީ ސުމެއްގައި ކަމަށް ބުނެވޭނެ ކަމަށް އެ މަނިކުފާނު ވަނީ ފާހަގަކޮށްފަ އެވެ.  

އޭގެ އިތުރުން، ކުރިއަށް އޮތް ހަ މަސް ދުވަހަކީ ދަތި އުނދަގޫ މަސްތަކަކަށް ވެގެންދާނެ ކަމަށާއި އުނދަގޫތައް ކުރިމަތި ވާނީ ހަމައެކަނި ދައުލަތުގެ ބަޖެޓަކަށް ނޫން ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އަދި އާންމު ވިޔަފާރިތަކަށް ވެސް ދަތި ދުވަސްތަކަކަށް ވެގެން ދާނެ ކަމަށާއި މިކަމުން އަރައިގަނެވޭނީ އެންމެން އެއްކޮށް މަސަައްކަތް ކޮށްގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާ ރިސޯޓުތައް ހުޅުވާލުމުގެ ހުއްދަތައް ވަނީ ދީފަ އެވެ. އަދި ބޯޑަރުތައް ހުޅުވާލާނީ ހުރިހާ ގައުމުތަކަށް ކަމަށާއި އަމަލުކުރަންޖެހޭނެ އުސޫލުތަކެއް ކަނޑައަޅާ އެސްއޯޕީ މިހާރު އޮތީ ތައްޔާރުކޮށްފައި ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް