ads
ފޮޓޯ: އެމްޑީޕީ
ދުނިޔޭގެ މޫސުމަށް ބަދަލުނާންނަކަމަށް ދެކޭނީ މޮޔައިން: ރައީސް ނަޝީދު
ދުނިޔޭގެ މޫސުމަށް ބަދަލުނާންނަކަމަށް ދެކޭނީ މޮޔައިން ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ މޫސުމަށް ބަދަލުނާންނަކަމަށް ދެކޭނީ މޮޔައިން ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހދ. ނޭކުރެންދޫގައި ކުރިއަށްގެންދިޔަ ކަނޑުފަޅުގެ ދިރާސާ އިވެންޓްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދުނިޔޭގެ އަދި ރާއްޖޭގެ މޫސުމަށް ބަދަލުއަންކަން ހާމަވާކަމަށެވެ.

ދުނިޔޭގެ މޫސުމަށް ބަދަލު ނާންނަކަމަށް ދެކޭނީ މޮޔައިން ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދުނިޔޭގެ މޫސުމަށް ބަދަލު އަންނަނީވެސް އިންސާނުންގެ ސަބަބުން ކަމަށާއި، އެކަންވެސް ގަބޫލު ނުކުރާނީ މޮޔައިން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަަބަބުން ރާއްޖެއަށް ސަލާމަތުގެ އައްސާރީގައި އޮވެވިދާނެ ކަމަށް ދެކޭނީ މޮޔައިން ކަމަށެވެ. އަދި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި އެކު ރާއްޖޭގެ މޫސުމަށް އަންނަ ބަދަކުތަކަށް ވިސްނަން ޖެހޭ ކަމަށާއި، އެ ބަދަލުތުގެ މައްޗަށް ބަރޯސާވެ ކަންކަން ރާވަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ތަރައްގީގެ އެހެން ވިސްނުމެއް ހޯދަންޖެހޭ ކަމަށާއި ނޫ އިގްތިސާދަކީ އެ ވިސްނުންކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް