ads
ޕާކިސްތާނުގެ ކްރިކެޓް ކުޅުންތެރިން
ޕާކިސްތާނު ކްރިކެޓް ޓީމުގެ ދިހަ ކުޅުންތެރިން ކޮވިޑަށް ޕޮޒިޓީވް
ޕާކިސްތާނުގެ ކްރިކެޓް ޓީމުގެ ދިހަ ކުޅުންތެރިން ކޮވިޑަށް ޕޮސިޓިވް ވެއްޖެއެވެ. ޕާކިސްތާނުގެ ދިހަ ކުޅުންތެރިން ކޮވިޑަށް ޕޮސިޓިވް މިވީ، އިންގްލަންޑުގައި ތިން ޓެސްޓް މެޗާއި، ތިން ޓްވެންޓީ ޓްވެންޓީ މެޗު ކުޅެން ތައްޔާރުވަމުން ދަނިކޮށެވެ.

ޕާކިސްތާނުގެ ދިހަ ކުޅުންތެރިން ކޮވިޑަށް ޕޮސިޓިވްވެފައިވާއިރު، މި ހުރިހާ ކުޅުންތެރިންވެސް މިހާރު ތިބީ ކަރަންޓީނުކޮށްފައެވެ. ޓީމުގެ ދިހަ ކުޅުންތެރިން ކޮވިޑަށް ޕޮސިޓިވްވެފައި މިވަނީ، އޮގަސްޓް މަހު އިންގްލަންޑްގައި ތިން ޓެސްޓް މެޗާއި، ތިން ޓްވެންޓީ ޓްވެންޓީ މެޗު ކުޅޭ ޓުއަރއަށް ފުރަން ތައްޔާރުވެފައިވަނިކޮށެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދިހަ ކުޅުންތެރިން ޕޮސިޓިވްވެ ކަރަންޓީނު ކުރަން ޖެހުންނަމަވެސް އެހެން ކުޅުންތެރިން މި މަހުގެ އަށާވީސްވަނަ ދުވަހު އިނގިރޭސިވިލާތަށް ފުރާނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދިހަ ކުޅުންތެރިން ޕޮސިޓިވްވި ނަމަވެސް އެއިން އެއްވެސް ކުޅުންތެރިއެއްގެ ގައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެނެއެވެ. އަދި ހުރިހާ ކުޅުންތެރިންގެ ހާލުވެސް ރަނގަޅު ކަމަށް ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ އޮފިޝަލަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި މި ކުޅުންތެރިންގެ ކަރަންޓީނު މުއްދަތު ހަމަކޮށް، އިތުރު ދެ ޓެސްޓު ހެދުމަށް ފަހު ނަތީޖާތައް ނެގެޓިވްވެއްޖެ ނަމަ މި ކުޅުންތެރިންވެސް އަލުން ޓީމާ ގުޅޭނެއެވެ. އިނގިރޭސިވިލާތަށްދާ ކުޅުންތެރިންވެސް ފުރާނީ ފުރުމުގެ ސައުވީސް ގަޑިއިރު ކުރިން އަލުން ޓެސްޓްކޮށް ނަތީޖާ ނެގެޓިވް ނަމައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް