ads
ވޭޕްކުރުން އަވަހަށް ހުއްޓާލާ، ކޮވިޑް19 ޖެހުމުގެ ފުރުސަތު ބޮޑު
ކޮވިޑް-19 ފަދަ ބަލިތަކުން ރައްކާތެރިވުމަށް، ދުންފަތުގެ އިސްތިއުމާލު ކުރުން އަވަހަށް ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ގޮވާލައިފި އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މީހާގެ ނޭވާލާ ނިޒާމް އެއްކޮށް ބަލިކަށި ކޮއްލާ ކަންތައްތަކަށް ވުމުން މިފަދަ ބަލިތަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުން އަވަހަށް ހުއްޓާލުމަށް އެޗްޕީއޭ އިން ވަނީ ގޮވާލާފަ އެވެ.

އެގޮތުން އެޗްޕީއޭ އިން ބުނީ ގުޑުގުޑާ، ޝީޝާ، އީ-ސިގިރެޓު އަދި ވޭޕް ފަދަ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ ތަކެތި އެކަކަށްވުރެ ގިނަ މީހުން ބޭނުން ކުރުމުން ކޮވިޑް-19 ފަދަ ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ. އަދި މި ފަދަ ބަލިތަކުން ދުރުވާން ބޭނުންވާ ނަމަ ވީހާވެސް އަވަހަކަށް ދުންފަތުގެ އިސްތިއުމާލުތައް ކުރުން ހުއްޓާލުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ދުނިޔޭގެ ސިއްހީ މާހިރުންވެސް ދެކޭ ގޮތުގައި، ހިތުގެ މައްސަލަތައް އަދި ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުންނަށް ކޮރޯނާ ވައިރަސް ގެ ސަބަބުން ކުރާ އަސަރު ބޮޑު ކަމަށާއި، އޭގެ ތެރޭގައި ގިނައިން ސިނގިރޭޓު ބޯ މީހުންނާއި ވޭޕް ކުރާ މީހުން ނުވަތަ ނިކޮޓީން އެކުލެވޭ އެއްޗެއް ބޭނުން ކުރާ މީހުން ކަމަށް ވެސް ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް