ads
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު--
ރާއްޖޭގެ ގިނަ ރިސޯޓުތައް ޖުލައި މަހު ހުޅުވާނެ: އަލީ ވަހީދު
އަންނަ މަހުގެ 15 ވަނަ ދުވަހު، ރާއްޖޭގެ ބޯޑަރު ހުޅުވާލަން ނިންމާފައިވާއިރު އެއާއެކު ރާއްޖޭގެ ގިނަ ރިސޯޓުތައް ވެސް ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ޖުލައި މަހުގެ ތެރޭގައި 41 ރިސޯޓެއް ހުޅުވާނެ ކަމުގެ ޔަގީންކަންދީފައިވާ ކަމަށެވެ. 

އަދި ބޯޑަރު ހުޅުވާ، ތާރީހު ފައިނަލްވުމުގެ ކުރިން، 30 ރިސޯޓަކުން ވަނީ އެ ތާރީހު އެނގުމުން ރިސޯޓު ހުޅުވޭނެކަން ނުވަތަ ނޫންކަން އަންގާނެ ކަމަށް ބުނެފައި ކަމަށް ވެސް އަލީ ވަހީދު ވިދާޅުވެ އެވެ.

އޭގެ އިތުރުން މިނިސްޓަރު ވަނީ ރާއްޖޭގައި 150 އަށް ވުރެ ގިނަ ރިސޯޓު ހިންގަމުން އަންނައިރު ޖުލައި މަހުގެ ތެރޭގައި ދެބައިކުޅަ އެއްބަޔަކަށް ވުރެ ގިނަ ރިސޯޓު އޮޕަރޭޓްކުރަން ފަށާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އަދި ޖުލައި މަހުގެ ތެރޭގައި ނުހުޅުވޭ ރިސޯޓުތައް ވެސް އޮގަސްޓް މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް ވެސް ވިދާޅުވި އެވެ، 

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ސެޕްޓެމްބަރު ނުވަތަ އޮކްޓޫބަރުގައި ހުޅުވާނެ ކަމަށް ތާރީހުދީފައިވާނީ މަދު ރިސޯޓުތަކެކެވެ.

ކޮވިޑް-19 އާ ގުޅިގެން މާޗު މަހުގެ 27 ގައި ރާއްޖޭގެ ބޯޑަރު ބަންދުކުރިއިރު މިހާރު އޮތީ ރާއްޖޭގެ ފަތުރުވެރިކަން އެއްކޮށް ހުއްޓިފަ އެވެ. އަންނަ މަހުގެ 15 ގައި އެތަންތަން ހުޅުވާނެކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ އިއުލާންކުރެއްވުމާއެކު ޓޫރިޒަމް މިނިސްޓްރީން ވެސް ވަނީ އަލުން ފަށައިގަންނައިރު އަމަލުކުރަން ޖެހޭނެ ގޮތުގެ ގައިޑްލައިން ވެސް ނެރެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް