ads
ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް--
ކައިވެންޏަށް އެންމެ ހަތަރު ދުވަސް، ހިތާމަވެރި ނިމުމެއް!
ކައިވެންޏަށް އެންމެ ހަތަރު ދުވަހުގައި އުމުރުން 19 އަހަރުގެ ކުއްޖަކު މަރުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ގދ. ތިނަދޫ މީހަކާއި ކައިވެނިކުރި އެ އަންހެން ކުއްޖާއަކީ ފިޔޯރީއަށް ނިސްބަތްވާ ކުއްޖެކެވެ. 

އެގޮތުން އިއްޔެ މެންދުރު، ޑރ. އަބްދުއްސަމަދު މެމޯރީއަލް ހޮސްޕިޓަލަށް ގެންދިޔަ އެކުއްޖާ މަރުވީ އިތުރު ފަރުވާއަށް މިއަދު މެންދުރު މާލެ ގެންނަން ކާޑެއްދޫ އެއާޕޯޓަށް ގެންގޮސް މަތިންދާ ބޯޓަށް ވެސް އެރުވި ފަހުން ކަމަށް ވެ އެވެ. 

އެ އަންހެން ކުއްޖާއަކީ ތިނަދޫގައި ނަރުސް ކޯސް ކިޔަވަމުންދިޔަ ކުއްޖެކެވެ. އެގޮތުން އާއިލާއާ ހަވާލާދީ ބައެެއް ނޫސްތަކުން ބުނާ ގޮތުގައި ހޮސްޕިޓަލުން އެންމެ ފުރަތަމަ ބުނެފައި ވަނީ ފިޓު ޖެހުނީ ކަމަށެވެ. އެކަމަކު ފަހުން ވަނީ ސްޓްރޯކް ޖެހުން ކަމަށް ބުނެގަ އެވެ. 

އަދި އާއިލާއިން ބުނާ ގޮތުގައި އެކުއްޖާއަކީ އެފަދަ ސިއްހީ މައްސަލައެއް މީގެ ކުރިން ދިމާވި ކުއްޖެއް ނޫނެވެ. އަދި ބޮޑު ބައްޔަކަށް ވެސް ފަރުވާ ހޯދި ކުއްޖެއް ނޫނެވެ.

އެކަމާއި ގުޅިގެން އެ ހޮސްޕިޓަލުގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު ސާލިމް އަލީއަށް ގުޅި ނަމަވެސް އަދި ޖަވާބެއް ނުލިބޭތީ ހޮސްޕިޓަލުގެ ބަހެއް ނުލިބެ އެެވެ. 

17%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް