ads
ކޮވިޑް-19 ޑްރިލްގެ ތެރެއިން---- ފޮޓޯ: ސީއެންއެމް
ކޮވިޑް-19 އަށް ޓެސްޓް ހެދުމަށް ދެކޮޅު ހެދި ދެމީހެއްގެ ސާމްޕަލް ނެގުމަށް ކޯޓު އަމުރެއް ނެރެފި
ކޮވިޑް-19 އަށް ޓެސްޓް ހެދުމަށް ދެކޮޅުހެދި ދެ މީހެއްގެ ސާމްޕަލްތައް ނެގުމަށް ސިވިލްކޯޓުން އަމުރުކޮށްފިއެވެ.

ކޯޓުން ބުނެފައި ވަނީ ހުޅުމާލޭގައި އެއް ގެއެއްގައި ދިރިއުޅެމުން އަންނަ އަންހެނަކާއި ފިރިހެނެއްގެ ސާމްޕަލް ނެގުމަށް ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގުމުން، އެކަމާއި ދެކޮޅު ހަދާފައިވުމުން އެދެމީހުންގެ ސާމްޕަލް ނެގުމަށް ދެ އަމުރެއް ނެރިފައިވާ ކަމަށެވެ.

މި މައްސަލަ ބަލާ ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މި ދެމީހުންނަށް ކޮވިޑް ޖެހިފައިވާކަމަށް ބެލެވިގެން އެކަން ޔަޤީންކުރުމަށް ޑޮކްޓަރަށް ދައްކާ ސާމްޕަލް ނަގަން އެންގުމުން މި ދެމީހުންވެސް އެކަމާއި ދެކޮޅު ހަދާފައިވާކަން ލިޔެކިޔުންތަކުން އެނގޭކަމަށެވެ. އަދި އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލަށް ލިބިފައިވާ ގާނޫނީ ބާރުގެ ދަށުން ދަށުން އަންގާފައިވާ އެންގުން ތަންފީޒުކުރުމަށް ފުލުހުންގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. 

ކޮވިޑް-19 ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުގެ ދަށުން، އެ ބައްޔަށް ޝައްކުކުރެވޭ މީހުން އަންނަނީ ކަރަންޓީނުކޮށް ޓެސްޓުކުރަމުންނެވެ. އެގޮތުން ކޮވިޑް-19 ޖެހިފައިވާ 412 މީހަކަށް ރާއްޖޭގައި ފަރުވާ ދެވެމުން ދާއިރު ތިން މީހެއް ވަނީ އިތުރު ފަރުވާއަށް ހޮސްޕިޓަލްގައި އެޑްމިޓް ކުރެވިފައެވެ. މުޅިއަކު 2,261 މީހުންނަށް މި ބަލި ޖެހިފައިވާއިރު 1,839 މީހުން ބަލިން ރަނގަޅު ވެފައިވެއެވެ. އަދި 8 މީހެއް މި ބަލީގައި ދުނިޔެ ދޫކޮށްފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް