ads
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު--
ޓޫރިޒަމް މިނިސްޓްރީގެ ލައުންޖެއް އެއާޕޯޓްގައި ގާއިމު ކުރަނީ
ބޯޑަރު ހުޅުވާލާއިރު އެއާޕޯޓްގައި ޓޫރިޒަމް މިނިސްޓްރީގެ ލައުންޖެއް ގާއިމު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ދިމާވެދާނެ ހާލަތަކަަށް ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އެގޮތުން އެއާޕޯޓްގައި ޓޫރިޒަމް މިނިސްޓްރީގެ ލައުންޖެއް ގާއިމު ކުރެވި ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ. 

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިނިސްޓްރީގެ ލައުޖެއް ގާއިމު ކުރުމުގެ ބޭނުމަކީ އިންޓަ އެޖެންސީ ކޮލަބޮރޭޝަން ސީދާ އެއާޕޯޓުން ކުރިޔަށް ގެންދިއުން ކަމަށެވެ. 

ކޮވިޑް19 ގެ ކަންކަން ފެށުނު އިރު ކުއްލި ޝަޓްޑައުންތަކެއް ހިނގިކަން ފާހަގަކޮށް މިނިސްޓަރު އަލީ ވަހިދު ވިދާޅުވީ އެކަމާއި ގުޅިގެން ބައެއް ފަތުރުވެރިން ރާއްޖޭގައި ތާށިވެފައި ތިބި ކަމަށާއި، އެހެން ނަމަވެސް އެކަންކަމަށް އިންޑަސްޓްރީއާއި އެކު ހައްލު ހޯދާފައިވާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް