ads
ރަށްފެހި ޕްރޮގްރާމުގައި ސްޓެލްކޯއިން އިންދި ގަހެއް
ރަށްފެހި ޕްރޮގްރާމުގެ ދަށުން އިންދި ގަސްތަކުގެ ފައިދާ އެބަކުރޭ: ސްޓެލްކޯ
"ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމުގެ ދަށުން އިންދި ގަސްތަކުގެ ފައިދާ ކުރަމުން އަންނަކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ރަށްފެހި ޕްރޮގްރާމަކީ މުޅި ރާއްޖެ ފެހި ކުރުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވާދެއްވާފައިވާ ޕްރޮގްރާމަކަށްވާއިރު ސްޓެލްކޯއިން ވަނީ 2019 ވަނަ އަހަރު ޕްރޮގްރާމުގައި ބައިވެރި "ސްޓެލްކޯ ރަށްފެހި"ގެ ނަމުގައި ގަސް އިންދުމުގެ ޕްރޮގްރާމްތަކެއް ހިންގަންފަށާފަ އެވެ.

އެގޮތުން މިދިޔަ އަހަރު "ރަށްފެހި" ޕްރޮގްރާމުގައި 35 ރަށުގައި 2000 ގަސް އިންދާފައިވާކަމަށް ސްޓެލްކޯއިން ބުނެ އެވެ. އަދި މިހަރުއެކުންފުނީގެ ހިދުމަތް ފޯރުކޮށްދޭ ރަށްތަކުގައި 3000 ގަސް އިންދާފައިވާކަމަށްވެސް މައުލޫމާތު ދީފައިވެއެވެ. 

your imageސްޓެލްކޯ ރަށްފެހި ޕްރޮގްރާމުގައި އިންފައިވާ ގަސްތަކެއް--

ސްޓެލްކޯއިން ބުނީ ޕްރޮގްރާމްގައި އިންދާފައިވާ ބައެއް ގަސްތަކުން ތިމާވެއްޓަށް ފައިދާ ލިބުމާއެކު މިހާރު މޭވާ ލިބެންފަށާފައިވާކަމަށެވެ. 

އެގޮތުން ލޮކްޑައުންގެ ތެރޭގައި ތިލަފުށީ އިންޖީނުގޭގައި އިންދާފައިވާ ބައެއް ގަސްތަކުން މޭވާ ލިބިފައިވާކަމަށް ބުނެފައިވެ އެވެ. އޭގެ ތެރޭގައި ދޮންކެޔޮ، އަނބު، ޖަނބުރޯލު އަދި ކުންނާރުގެ ހިމެނޭއިރު ރަމަޟާން މަހާއި ލޮކްޑައުން ދިމާވުމުން މީގެ ތެއިން ބައެއް ބާވަތްތަށް ވަނީ ތިލަފުށީގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށްވެސް ހަދިޔާކޮށްފައިކަމަށްވެސް އެކުންފުނިން ބުނެ އެވެ.


your imageސްޓެލްކޯ ރަށްފެހި ޕްރޮގްރާމުގައި އިންދާފައިވާ ގަސްތަކެއް--

އޭގެ އިތުރުން މިއަހަރު ތެރޭ އއ. ފެރިދޫ އިންޖީނުގޭގައި މި ޕްރޮގްރާމްގެ ދަށުން އިންދި ބައެއް ގަސްތަކުންވެސް މޭވާ ލިބިފައިކަމަށައި އޭގެ ތެރޭގައި ދަނޑި އަލުވި، ކުންނާރު، މިރުހުގެ އިތުރުން ކަރަޔާއި މުރަނގަތޮޅިވެސް ލިބިފައިވާކަމަށް ސްޓެލްކޯއިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް