ads
ކަރައެއް ފޮތި ކޮށްފަ
ކަރާ ތޮއްޓަކީ އެއްލާލަން ހެޔޮވާވަރުގެ އެއްޗެއްނޫން!
ކަރައަކީ އަހަރެމެންގެ ކެއިންބުއިމުގައި އާންމުކޮށް ބޭނުންކުރެވޭ މޭވާއެކެވެ. އެހެންނަމަވެސް ގިނަ ބަޔަކު ކަރަލުގެ އެތެރެ ބައި ބޭނުންކުރުމަށްފަހު ތޮށިގަނޑު އެއްލާލަނީ އެވެ.

ކަރައަކީ އަހަރުމެންގެ ކެއިންބުއިމުގައި އާންމުވެފައިވާ އެއްޗެކޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އެގޮތުން ހަފުތާގެ ކޮންމެ ހުކުރު ދުވަހަކީ ގިނަ ދިވެހިން، ގޭގައި ކަރަލުން ފަނި ގިރާ ދުވަހެވެ. ނަމަވެސް ކަރަލުގެ އެތެރެބައި ނެގުމަށްފަހު ބޭރުބައި އެއްލާލަނީ ކޮން ބައެއް ހެއްޔެވެ؟ އަދި މިއީ އެތައް ފައިދާތަކެށް އެކުލެވިފައިވާ އެއްޗެއްކަން ދަންނަނީ ކޮންބައެއް ހެއްޔެވެ؟

ކަރާ ކެއުމަށްފަހު ކަރަލުގެ ތޮށި އެއްލާލުމުގެ ބަދަލުގައި އެތޮށިގަނޑު ކެއުމަށް ބޭނުން ކުރެވިދާނެއެވެ. އެގޮތުން އެއިން ރަހަމީރު ބުއިމެއް ނުވަތަ ފޮނި ކާއެއްޗެއްވެސް ތައްޔާރު ކޮއްލެވިދާނެ އެވެ. ކަރައަކީ ގިނަ ބަޔަކު ކާހިތްވާ އެއްޗަކަށްވެފައި ހަންގަނޑު ސާފުކޮށްދޭ އެއްޗަކަށްވާ ފަދައިން ކަރަލުގެ ތޮއްޓަކީވެސް ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. އެހެންކަމުން ދެން ފަހަރަކުން ކަރާ ކެއުމަށްފަހު ތޮށި އެއްލާލުމުގެ ބަދަލުގައި އެތޮށިގަނޑު ބޭނުން ކުރެވޭނެ ގޮތް ކިޔައިދޭނަމެވެ. 

ފުރަތަމަ ކަމަކަށް ކަރަލުގެ ތޮއްޓާއި ކަރާ ވަކިކުރާނީ އެވެ. އެއަށްފަހު އެތޮށިގަނޑު ކުދިކޮށް ކޮށާލުމަށްފަހު އެއިން ޕޭސްޓެއް ހެދޭވަރަށް މިކްސަރަށް އަޅާފައި ގިރާލާނީ އެވެ. ޕޭސްޓު ހެދުމުން އައިސް ޓްރޭއަކަށް އެއަޅާފައި ދެތިން ގަޑިއިރެއް ވަންދެން ގަނޑުކުރާ ބަޔަށްލާނީ އެވެ. އެގޮތުން ޕޭސްޓް ގަނޑުވުމުން އެއިން ކިއުބެއް ނެގުމައްފަހު މަޑުމަޑުން ހަންގަނޑުގަޔާއި ކަރުގައި އުނގުޅާލާށެވެ. ކޮންމެ ދުވަހަކު މިކަންތައް ތަކުރާރުކުރަންވާނެ އެވެ.


your imageކަރައެއްގެ ތޮށިތައް

މިއީ އުނދަގޫ ކަމެއް ނޫނެވެ. ނަމަވެސް ކަރަލުގެ ތޮށިގަނޑު ބޭނުންކޮށްގެން އައިސް ކިއުބް ހަދަންވީ ސަބަބަކީ އައިސް ކިއުބަކީ ހަންގަނޑަށް ނުހަނު ރަނގަޅު އެއްޗަކަށް ވުމެވެ. އެއީ މޫނުމަތި ތާޒާކޮށް ބަހައްޓައިދޭ އެއްޗެކެވެ. އަދި އައިސް ކިއުބް ބޭނުންކުރުމުން ބިހިނެގުމާއި މޫނު ރަތްވުން ފަދަ ކަންކަމުން ދުރުކޮށްދެ އެވެ. އައިސް ކިއުބަކީ މީހާގެ މޫނުމަތި ޒުވާންކަންމަތީ ދަމަހައްޓައިދޭ އެއްޗެއް ވެސް މެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް