ads
ފޮޓޯ: ފޮރިން މިނިސްޓްރީ
އެމެރިކާ ސަރުކާރުން ރާއްޖެއަށް ޕީޕީއީ ހަދިޔާކޮށްފި
ކޮވިޑް19 އާއި ގުޅިގެން އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ޕީޕީއީ ހަދިޔާކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނެފަައިވަނީ މިތަކެތި ދިވެހި ސަރުކާރާއި ހަވާލުކޮށްފައިވަނީ ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ. 

އެމެރިކާއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ޕްރޮޓެކްޓިވް ކަވަރޯލް، ލެޓެކްސް ގްލަވްސް، ސޭފްޓީ ގޮގްލްސް އަދި ސާޖިކަލް އަންގި ހިމެނޭކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. 

އެމެރިކާ ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ، އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލީޒް އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މިތަކެއްޗާއި ހަވާލުވެ ވަޑައިގަތީ ދިވެހި ސަރުކާރުން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އޮމަރު އަބްދުލް ރައްޒާޤެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް