ads
މުޒާހަރާ ކުރަނީ--
މުސާރަ ނުލިބި ހުޅުމާލޭގައި ބިދޭސީންތަކެއް މުޒާހަރާ ކުރަނީ
ސިފައިންނާއި ފުލުހުންނަށް ހާއްސަކުރެވިފައިވާ ފްލެޓްތައް އިމާރާތްކުރުމުގައި އުޅޭ ބިދޭސީންނަށް މުސާރަ ނުދޭތީ މުޒާހަރާކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި އިމާރާތް އެޅުމުގެ މަސައްކަތްކުރަމުންދާ ކުންފުންޏެއްގެ ބިދޭސީ މުވައްޒަފުންތަކެއް ކުންފުންޏާއި މެދު ހުރި ހިތްހަމަނުޖެހުންތަކެއް ފާޅުކުރާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. 

ފުލުހުން ވަނީ އެތަނުގައި ބިދޭސީން ހަމަނުޖެހުން ހިންގާފައިވާ ކަމުގެ މައުލޫމާތު ނުލިބޭ ކަމަށް ވެސް ބުނެފަ އެވެ. އަދި އެ ކުންފުނިން އެމީހުންނާއި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ގިނަ އަދަދެއްގެ ބިދޭސީ މުވައްޒަފުން އެ ސައިޓުގައި ތިބެގެން ހިތްހަމަނުޖެހުން ފާޅުކުރަމުން އަންނައިރު ފުލުހުން ވެސް މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވާ މަންޒަރު ފެނިގެންދެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް