ads
ޖަމީލް ޕީޕީއެމްއާ ގުޅިވަޑައިގަތުން---
އަނެއްކާ ވެސް ޖަމީލް ޕީޕީއެމްއަށް ގުޅިވަޑައިގެންފި
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެންމެ ފުރަތަމަ ނައިބް ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލް އަހުމަދު، ޕީޕީއެމްއާ ގުޅިވަޑައިގެންފި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ ދިހަ ވަނަ ދުވަހު، ޖަމީލް ވަނީ، ޕީޕީއެމުން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. އެކަމަކު މިދިޔަ ފެބްރުއަރީ 16 ގައި ވަނީ ޖޭޕީގެ މެމްބަރުކަމުން ވަކިވެވަޑައިގަންފަ އެވެ. 

އެގޮތުން އެޕާޓީން ވަކިވެވަޑައިގަންނަވަން ނިންމަވާއި، އެ ދުވަހު ޖަމީލް ސީއެންއެމްއަށް ވިދާޅުވީ، އެ ނިންމެވުން ނިންމެވީ، މިވަގުތު ކުރަން ބޭނުންވާ ސިޔާސީ މަސައްކަތް އެޕާޓީގައި ހުންނަވައިގެން ކުރުމުގެ ފުރުސަތު ހަނިވެފައިވާ ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

އަލުން އަނބުރާ ޖަމީލް، ޕީޕީއެމްއަށް ގުޅިވަޑައިގެންފައި ވަނީ މިހާރު އެޕާޓީން ބާއްވަމުން އަންނަ ހާއްސަ ރަސްމިއްޔާތެއްގަ އެވެ. 

ނައިބު ރައީސްގެ މަގާމުން ޖަމީލް ވަކި ކުރެއްވުމާ ގުޅިގެން ޔާމީނާއި ޖަމީލާ ދެމެދު މައްސަލަ ޖެހުނެވެ. އެއަށްފަހު ޖަމީލު ހުންނެވީ އަމިއްލަ އަށް އަރުވާލެއްވިގެން އިނގިރޭސިވިލާތުގަ އެވެ. އެނބުރި ރާއްޖެ ވަޑައިގެންނެވީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުން ޔާމީނަށް ނާކާމިޔާބުވެ ވަޑައިގެންނެވުމުންނެވެ.

މިއަހަރުގެ ކައުންސިލު އިންތިހާބަށް ކެމްޕެއިން ކުރެއްވުމުގެ ގޮތުން، މިދިޔަ އޮގަސްޓު މަހުގެ ފަހުކޮޅު، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އަށް ތާއީދު އިތުރު ކުރުމަށް، އެ ޕާޓީގެ ލީޑަރު ރައީސް ޔާމީނާއެކު ޖަމީލް ވަނީ ރަށްތަކަށް ވެސް ދަތުރު ކުރައްވާފަ އެވެ. 

އެ ދަތުރާ ގުޅިގެން ވެސް ގިނަ ބަޔަކު ފާޑުކިޔާފައިވާއިރު ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގެ އެމަނިކުފާނުގެ ފަރާތުން ވަކާލާތުކުރާ ގާނޫނީ ވަކީލުންގެ ޓީމްގައި ވެސް ޖަމީލް ހިމެނިވަޑައިގަންނަވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް