ads
ޑރ. ޖަމީލް--
އިދިކޮޅު ކޯލިޝަނުގެ އެޑްވައިޒަރުގެ މަގާމަށް ޖަމީލް ހަމަޖައްސައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެންމެ ފުރަތަމަ ނައިބް ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލް އަހުމަދު އިދިކޮޅު ކޯލިޝަނުގެ އެޑްވައިޒަރުގެ މަގާމަށް ހަމަޖައްސައިފި އެވެ.

މިހާރު އިދިކޮޅު ކޯލިޝަނުން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޖަމީލް ވަނީ އަލުން އަނބުރާ ޕީޕީއެމްއަށް ގުޅިވަޑައިގެންފަ އެވެ. އަދި ޖަމީލް އިދިކޮޅު ކޯލިޝަނުގެ އެޑްވައިޒަރުގެ މަގާމަށް ހަވާލުވެވަޑައިގެންފައިވާކަން ހިއްސާކުރެއްވީ ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އެވެ. 

އިދިކޮޅުން ވަނީ މިމަހުގެ 22 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ އެޑްވައިޒަރުގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނައިބް ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ހަމަޖައްސަވާފަ އެވެ. 

މިރޭ ޖަމީލް، ވަނީ ވެރިކަން ކުރަމުން އަންނަ މައި ޕާޓީ، އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅެފަ އެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް އަލުން ގުޅިގެން ފަށަން ތައްޔާރުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް