ads
އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވާހަކަ ދައްކަވަނީ--
ޖަމީލަކީ ޕީޕީއެމްއަށް ސަވާރުވި "މިނިކާ ބާޒެއް" ނޫން: އަބްދުއްރަހީމް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް އަކީ ޕީޕީއެމްއަށް ސަވާރުވި "މިނިކާ ބާޒެއް" ނޫން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޖަލު ހުކުމް އިއްވުމުގެ އެއް ދުވަސްކުރިން ރައީސް ޔާމީން، އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވަމުން ވަނީ އެމަނިކުފާނަށް ޖަލުގައި ހުންނަވަން ޖެހިވަޑައިގަތް ނަމަވެސް ޕާޓީއަށް "މިނިކާ ބާޒުތައް" ސަވާރުވުމުގެ ފުރުސަތު ނުދިނުން އެދިވަޑައިގެންފަ އެވެ. 

ޑރ. ޖަމީލު ޕީޕީއެމާއި ގުޅިވަޑައިގަތުމަށް މިރޭ ބޭއްވި ރަސްމިއްޔައްތުގައި ނޫސްވެރިއަކު ވަނީ އެކަމާއި ގުޅިގެން ސުވާލު ކުރައްވާފަ އެވެ. އެގޮތުން  ޖަމީލަކީ ޕާޓީއަށް ސަވާރުވަން އުޅޭ "މިނިކާ ބާޒެއް" ކަމަށް ވެދާނެތޯ ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވީ ޕާޓީން ކުރާ ހުރިހާ ކަމެއް ކުރާނީ ރައީސް ޔާމީންއާއި މަޝްވަރާކުރުމަށްފަހު ކަމަށެވެ. 

އަދި ޖަމީލަކީ އެ ކޯލިޝަނާއެކު ރައީސް ޔާމީން މިނިވަން ކުރުމަށް ވަރަށް ގާތުން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި އޭނާއަކީ ޕީޕީއެމްއަށް ސަވާރުވި މިނިކާ ބާޒެއް ނޫން ކަމަށް ވިދާޅުވެފައިވެ އެެވެ.

އޭގެ އިތުރުން ޑރ. ޖަމީލަކީ ބާޒެއްނަމަ މިރޭ ޕީޕީއެމްއަށް ސޮއި ނުކުރައްވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވެ އެވެ. 

އެ ރަސްމިއްޔާތުގެ ތެރެއިން ޖަމީލަށް ވަނީ އިދިކޮޅު ކޯލިޝަންގެ އެޑުވައިޒަރުގެ މަގާމު ވެސް ހަމަޖައްސާފަ އެވެ. 

މިދިޔަ އަހަރުގެ ފެބްރުއަރީ ދިހަ ވަނަ ދުވަހު، ޖަމީލް ވަނީ، ޕީޕީއެމުން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. އެކަމަކު މިދިޔަ ފެބްރުއަރީ 16 ގައި ވަނީ ޖޭޕީގެ މެމްބަރުކަމުން ވަކިވެވަޑައިގަންފަ އެވެ. އެބުރި ޕީީއެމްއަށް ވަޑައިގަތީ ހަމަމަގަށް ކަންކަން އެޅުވުމަށް ކަމަށް ޖަމީލް ވިދާޅުވެ އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް