ads
އެ ފިލްމުގެ ޕޯސްޓަރެއް--
ސުޝާންތުގެ އެންމެ ފަހު ފިލްމު އަންނަ މަހު ނެރެނީ
ބޮލީވުޑުގެ ތަރި ސުޝާންތު ސިންގް ރާޖުޕުތު މަރުވިތާ އަދި މިވީ ދިހަ ވަރަކަށް ދުވަހެވެ. މަރުވުމުގެ ކުރިން އޭނާ މަަސައްކަތް ކުރި ފިލްމު، "ދިލް ބެޗާރާ" ނެރޭ ދުވަސް މިހާރު އެ ފިލްމުގެ އުފެއްދުންތެރިން މިވަނީ އާންމުކޮށްފަ އެވެ.

ސުޝާންތުގެ އެންމެ ފަހު ފިލްމު ނެރެން ނިންމާފައި ވަނީ އަންނަ މަހުގެ 24 ގަ އެވެ. މި ފިލްމު، ސިނަމާތަކަށް ގޮސް ބަލާލަން ބޭނުންވި ނަމަވެސް ފިލްމު ނެރޭނީ، ޑިޒްނީ ޕްލަސް ހޮޓްސްޓާ އިންނެވެ. އެގޮތުން ސުޝާންތުގެ ސަޕޯޓަރުންނަށްޓަކައި މި ފިލްމު ހިލޭ ބެލޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. 

މުކޭޝް ޗަބްރާ ޑައިރެކްޓްކޮށް ނެރޭ އެ ފިލްމުގައި ސުޝާންތާއެކު ފެނިގެންދާނީ ސަންޖަނާ ސަންގީ އެވެ. 

އުމުރުން 34 އަހަރުގައި ސުޝާންތު މަރުވިއިރު އޭނާ އެންމެ ފަހުން ފެނިގެންދިޔައީ ޝްރައްދާ ކަޕޫރާއެކު "ޗިޗޯރު" އިންނެވެ. އެ ފިލްމުގައި އޭނާ ފެނިގެންދަނީ އަމިއްލައަށް މަރުވުމަކީ ހައްލު ނޫންކަމާއި އޭގެ ބަދަލުގައި ދިރިއުޅުމައި ކުރިމަތިލުމަށް ހިތްވަރު ދޭ މީހެއްގެ ރޯލުންނެވެ. 

"ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ" އާއި ކެދާނަތުގެ އިތުރުން ވެސް ހިޓު ފިލްމުތަކަކުން އޭނާ ފެނިގެންދިޔަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް