ads
ލައިޗީ--
ލައިޗީއަކީ މީހާ ހިއްކައިދޭ އެއްޗެއް؟
ފައިބަރުން ފުރިފައިވާ ލައިޗީއަކީ ހަށިގަނޑުގައިވާ ޓޮކްސިންތައް ނައްތާލައިދީ، މީހާ ހިއްކައިދޭ މޭވާއެކެވެ.

ދިވެހިރާއްޖެއަކީ ހޫނު ގައުމަކަށްވުމުން ކޮންމެ މީހަކުވެސް ރަނގަޅަށް ހައިޑްރޭޓްވެ ހުރުމަކީ އެމީހެއްގެ ޒިންމާއެކެވެ. މިގޮތުން ބަލާއިރު ހަށިގަނޑަށް ފިނިކަން ގެނައުމަށް ކެވޭނެ ތަފާތު މޭވާތައް ހިމެނެއެވެ. މީގެ ތެރޭގައި ލައިޗީއަކީ ނިއުޓްރިއަންޓްސް އިން ފުރިފައިވާ އެއްޗަކަށްވެފައި މިއީ ހިކެން ބޭނުން މީހުންނަށްވެސް އެހާމެ ރަނގަޅު މޭވާއެކެވެ. 

ލައިޗީއަކީ މީރު އެއްޗަކަށްވެފައި މިއީ ކެލަރީ މަދު މޭވާއެކެވެ. އެހެންކަމުން ފޮނި އެއްޗެއް ކާލަން ބޭނުންވާ ފަހަރަކު ލައިޗީއެއް އިހްތިޔާރު ކުރައްވާށެވެ.

ފައިބަރުން ފުރިފައިވާ ލައިޗީއަކީ ކާއެއްޗެހި ހަޖަމްވުމުގައި އެހީތެރިވެދޭ އެއްޗެކެވެ. ހިކެން މަސައްކަތް ކުރާ ގިނަ މީހުންނަށް ދިމާވެފައިވާ މައިގަނޑު އެއްމައްސަލައަކީ ކާއެއްޗެހި ރަނގަޅަށް ހަޖަމް ނުވުމެވެ. ލައިޗީއަކީ މި މައްސަލަ ހައްލު ކޮށްދޭ މޭވާއެއްވެސް މެއެވެ.

ހަމަމިއާއެކު ލައިޗީއަކީ ހަށިގަނޑަށް ބޭނުންވާ އެތަށް ނިއުޓްރިއަންޓްސް އެއް ލިއްބައިދިނުމުގެ އިތުރުން، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ މޭވާއެކެވެ. އެހެންކަމުން މިއީ މިއަދުގެ ހާލަތަށް ބަލާނަމަ ކާން ރަނގަޅު އެއްޗެއްކަމުގައި ޝައްކެއްނެތެވެ. 

އެންމެ ފަހު ކަމަކަށް ބަލާނަމަ ލައިޗީކީ ލޭ ދައުރުވުން ރަނގަޅު ކޮށްދޭނެ އެއްޗެކެވެ. މިމޭވާއަކީ ޕޮޓޭސިއަމްއިން މަތި، އަދި ސޯޑިއަމް ދަށް އެއްޗެކެވެ. މިކަމުގެ ނަތީޖާއަކީ ލޭގެ ޕްރެޝަރު ދަމަހައްޓައިދޭން އެހީތެރިވުމެވެ. މިގޮތުން މިއީ މީހާގެ ހަށިގަނޑުގައި ވަރުޖައްސައިދޭ އެއްޗަކަށްވުމުން މިއީ މީހާ ހަރަކާތްތެރިކޮށް ހަލުވި ކޮށްދޭ އެއްޗެއް ކަމުގައިވެސް ބުނެވިދާނެއެވެ. 

ނަމަވެސް އަހަރުމެން ކޮންމެ މީހަކުވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަކީ ހަމައެކަނި ރަނގަޅަށް ކައިގެންވެސް ނުހިކޭނެކަމެވެ. މީގެ އިތުރުން ހަރަކާތްތެރިވެ، ދުޅަހެޔޮ ސިއްހަތެއްގެ މަތީގައިވެސް ދެމިހުންނަންވާނެއެވެ.    

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް