ads
އައިޖީއެމްއެޗް----- ފޮޓޯ: ސީއެންއެމް
ޑަބްލިއުއެޗްއޯ އިން އައިޖީއެމްއެޗުގެ ކޮވިޑް ޓެސްޓް ކުރުމަށް 100 ޕަސެންޓް ދީފި
ސަރުކާރުގެ މައި ހޮސްޕިޓަލު އައިޖީއެމްއެޗުގައި ހަދާ ކޮވިޑް ޓެސްޓުތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އެކްސްޓާނަލް ކޮލިޓީ އެޝުއަރެންސް ޕެނަލުން 100 ޕަސެންޓް ސްކޯ ހޯދައިފި އެވެ.

އެ ހޮސްޕިޓަލުން ކުރި ޓްވީޓެއްގައި ބުނީ އެތަނުން ހަދަމުން އަންނަ ޓެސްޓުގެ ފެންވަރު ބެލުމުގެ ގޮތުން ޑަބްލިއުއެޗްއޯގެ އެޝުއަރެންސް ޕެނަލުން ވަނީ ސާމްޕަލްތަކެއް ފޮނުވާފައި ކަމަށައި އެގޮތުން އެ ސާމްޕަލުތަކުގެ ރަނގަޅު ނަތީޖާ ހޮސްޕިޓަލަށް ހޯދިފައިވާ ކަމަށެވެ. އެކަމުން އެނގިގެންދަނީ ހޮސްޕިޓަލުން ހަދަމުން އަންނަނީ ބައިނަލްއަގްވާމީ ގޮތުން ވެސް ފެންވަރު ރަނގަޅު ޓެސްޓުތަކެއް ކަމަށް ވެސް ހޮސްޕިޓަލުން ބުނެ އެވެ.

ރާއްޖެއިން ކޮވިޑް-19 އަށް އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވެފައި ވަނީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ. އެގޮތުން އެންމެ ފުރަތަމަ ބައްޔަށް ޕޮޒިޓިވްވި ހަތް މީހުގެ ސާމްޕަލް ނަގައި ޓެސްޓްކުރަން ފޮނުވާފައި ވަނީ އިންޑިއާއަށެވެ. އެކަމަކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީތެރިކަމާއެކު އައިޖީއެމްއެޗުގައި ޓެސްޓް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސި އެވެ. 

މިއަދާ ހަމައަށް އެ ޖަމިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ޓެސްޓް ކިޓްތަކުގެ އަދަދު 41000 އަށް އަރަ އެވެ. 

ޓެސްޓް ކިޓްތައް ހޯދުމުެގެ އިތުރުން ވެސް ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަސް ކުރަމުންދާ މަސައްކަތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންނަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފަންނީ އެހީތެރިކަމުގެ އިތުރުން އެކި ސަރަހައްދުތަކުގައި ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް