ads
ކަސްޓަމްސް ބިލްޑިން-- ފޮޓޯ: ރާއްޖެ އެމްވީ/ މުހައްމަދު ޝަރުހާން
މިރޭ އޮންލައިން ހިދުމަތްތަކަށް ބުރޫއަރާނެ: ކަސްޓަމްސް
މޯލްޑިވްސް ކަސްޓަމްސް އިން ފޯރުކޮށްދެމުން އަންނަ އޮންލައިން ހިދުމަތްތަކަށް މިރޭ ބުރުއަރާނެ ކަމަށް އެ މުއައްސަސާއިން ބުނެފި އެވެ.

ކަސްޓަމްސް އިން ބުނެފައި ވަނީ ހުކުރު ދުވަހުގެ ރޭ އެ މުއައްސަސާގެ ނެޓްވާކް މެއިންޓެއިނަންސް މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

އެކަމުގެ ސަބަބުން އެތަނުން ފޯރުކޮށްދެމުން އަންނަ އޮންލައިން ހިދުމަތްތަކަށް މިރޭ 22:00 އިން މެންދަމު 01:00 ގެ ނިޔަލަށް ބުރޫއަރާނެ ކަމަށް ބުނެ އެވެ. 

your image

ކޮވިޑް-19 ގެ ސަބަބުން ކަސްޓަމްސް އިން ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ވަގުތުތަކަށް ބަދަލު ގެނަސްފައި ވާއިރު، ހުކުރު ދުވަހު އެ މުއައްސަސާއިން ފޯރުކޮށްދެމުންދާނީ އެމަޖެންސީ މަސައްކަތްތައް ކަމަށް އެ މުއައްސަސާއިން ބުނެ އެވެ. 

ކަސްޓަމްސް އިން ބުނީ އެ މުއައްސަސާގެ ހިދުމަތްތައް އޮންލައިން ޕޯޓަލް މެދުވެރިކޮށް ދެމުން އަންނައިރު، ރަސްމީ ގަޑިތަކުން ބޭރުގައި ހިދުމަތް ހޯދާ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް ފޯމު ފުރޭނެ ކަމަށެވެ. އެހެންކަމުން، އެ ތިން ގަޑިއިރު ބުރޫ އަރާނީ އެފަދަ ކަންތައްތަކަށް އެކަނި ކަމަށް ކަސްޓަމްސް އިން ފާހަގަކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް