ads
ސުޝާންތު--
ސުޝާންތުގެ ޕޯސްޓްމޯޓަމް ރިޕޯޓް އާންމުކޮށްފި
މިމަހުގެ 14 ވަނަ ދުވަހު، ބޮލީވުޑުގެ ކުޅަދާނަ ތަރި، ސުޝާންތު ސިންގް ރާޖުޕުތު އަމިއްލައަށް މަރުވިކަމަށް ރިޕޯޓްކުރި ނަމަވެސް ފުލުހުން އައީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ. މިހާރު މިވަނީ ފަސް ޑޮކްޓަރުންގެ ޓީމަކުން ހުށަހެޅި އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓް ވެސް އާންމުކޮށްފަ އެވެ.

އެ ރިޕޯޓުގައި ބުނާ ގޮތުން، އުމުރުން 34 އަހަރުގެ ސުޝާންތު މަރުވީ އަމިއްލައަށް ދަންޖެހިގެންނެވެ. އަދި އޭނާގެ ހަށިގަނޑުގެ ބޭރުފުށުން ވެސް އަނިޔާގެ އެއްވެސް ނިޝާނެއް ވެސް ފެންނާކަށް ނެތެވެ. 

ސުޝާންތުގެ މަރާއި ގުޅިގެން، ޖުމްލަ 23 މީހެއްގެ ބަޔާން ފުލުހުން ވަނީ ނަގާފަ އެވެ. އޭގެ ތެރޭގައި އޭނާގެ އާއިލާގެ މީހުންނާއި ލޯބިވެރިޔާގެ އިތުރުން އެކުގައި މަސައްކަތް ކުރި މީހުން ވެސް ހިމެނެ އެވެ. 

ސުޝާންތު މަރުވީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރެއްހާއިރު އޭނާ މުމްބާއީގައި ދިރިއުޅެމުން ދިޔަ އެޕާޓްމަންޓުގެ ތެރޭގަ އެވެ. 

އޭނާ މަރުވިއިރު އައީ ޑިޕްރެޝަނަށް ފަރުވާ ހޯދަމުންކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަމަކު އޭނާގެ ލޯބިވެރިޔާއާ ހަވާލާދީ ބޭރުގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ބައެއް ދުވަސްތަކުގައި ސުޝާންތު ޑިޕްރެޝަނަށް ބޭސް ކާން ވެސް ދެކޮޅު ހަދަ އެވެ.

ސުޝާންތު މަރުވީ އަމިއްލައަށް ކަމަށް އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުގައި ބުނެފައިވާއިރު އޭނާގެ ސަޕޯޓަރުން ބުނަމުން އަންނަނީ އޭނާ އަމިއްލައަށް މަރުވާން ޖެހުނީ ބޮލީވުޑުގައި "ނެޕޮޓިޒަމް" ބޮޑު ކަމުން ކަމަށެވެ. ސަޕޯޓަރުން އަންނަނީ ބައެއް ތަރިންނާއި ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕެއިންތައް ވެސް ހިންގަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް