ads
ފޮޓޯ: މޯލްޑިވިއަން ޓްވިޓާ--
އެއާލައިން ރިލަޔަބިލިޓީ އެވޯޑް މޯލްޑިވިއަން އަށް
ޑި ހަވިލާންޑް އެއާކްރާފްޓް އޮފް ކެނެޑާ ލިމިޓެޑްގެ 2019 ވަނަ އަހަރުގެ އެއާލައިން ރިލަޔަބިލިޓީ އެވޯޑް، ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އަށް ލިބިއްޖެ އެވެ.

ޑި ހަވިލާންޑް ކެނެޑާ އިން ބުނެފައި ވަނީ އެ އެވޯޑަކީ ޑޭޝް 8 ސީރީސް ޓާބޯޕްރޮޕްސްގެ ތެރެއިން ޑިސްޕެޗް ރިލަޔަބިލިޓީ ރޭޓް އެންމެ މަތީގައި އުޅޭ އެއާލައިންތަކަށް އެކުންފުނިން ދޭ އެވޯޑެއް ކަމަށެވެ. 

އެގޮތުން މި އަހަރުގެ އެވޯޑް މޯލްޑިވިއަންގެ އިތުރުން، އިތުރު ހަތް އެއާލައިނަކަށް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. 

އެކުންފުނިން ބުނީ ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާއި އެކު ވެސް ޑޭޝް 8 ސީރީސްގެ ފްލައިޓްތައް ވަނީ މެދު ނުކެޑި ހިދުމަތް ފޯރުކޮށްދީފައި ކަމަށެވެ. އެގޮތުން އެއާލައިންތަކުން ޑޭޝް 8 ސީރީސްގެ ފްލައިޓްތަކުގައި ގައުމުތަކަށް ބޭނުންވާ ޒާރޫރީ މުދާ އުފުލާފައި ވާކަމަށާއި އެ ފްލައިޓް ތަކަކީ ހަރަދު ކުޑަކޮށް އޮޕަރޭޓް ކުރެވޭ ފްލައިޓް ތަކަކަށް ވުމުން އޭގެ ފައިދާ ފެނިގެން ގޮސްފިކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. 

އެ އެވޯޑް ހާސިލް ކުރި އެއާލައިން ތަކަށް އެ އެވޯޑް ދީފައި ވަނީ ވާޗުއަލް މީޓިން އެއް މެދުވެރިކޮށް، އެކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސާ، ޓެޑް ޔަންގް އާއި ކުންފުނީގެ ނައިބު ރައީސް، ކަސްޓަމާ ސާވިސަސް އެންޑް ސަޕޯޓް، އާމޮޑް ކެލްކާ އެވެ. 

ޓެޑް ޔަންގް ވަނީ އެ އެވޯޑް ހާސިލް ކުރި އެއާލައިން ތަކުން އެ އެއާލައިން ތަކާއި ޑި ހަވިލާންޑް ކެނެޑާ އާއި ދެމެދު އޮންނަ ގުޅުން އެންމެ ފުރިހަމަ ގޮތުގައި ދައްކާދޭ ކަމަށެވެ. 

މޯލްޑިވިއަން އިން ވަނީ ކޮވިޑް-19 އާއި އެކު ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމުން ގައުމަށް ބޭނުންވާ ޒާރޫރީ މުދާ ގެނައުމަށް އެ ކުންފުނީގެ ކާގޯ ދަތުރުތައް ފަށާފަ އެވެ. އަދި ރާއްޖެ އިން ބޭރުގައި ތާށިވެފައި ތިބި ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން އެ ކުންފުނިން އަނބުރާ ރާއްޖެ ގެނެސްދީފައި ވާއިރު، އެކުންފުނިން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނެގޭ ކޮވިޑް-19 ސާމްޕަލްތައް މާލެ ގެނަސްދިނުމުގައި ވެސް އެހީތެރިވެދީފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް