ads
ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިޓެއް ޖަސްސާފައި: ފޮޓޯ ޓްރިޕް އެޑްވައިޒަރު
ހަނިމާދޫ އެއާޕޯޓަށްވުރެ އައްޑޫ އެއާޕޯޓު ބޭނުންކުރާ މިންވަރު އިތުރު
ރާއްޖޭގައި ދެވަނައަށް އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެއާޕޯޓަކަށް އައްޑޫ ސިޓީގައި އޮންނަ ގަން އިންޓަނޭޝަނަލް އެއާޕޯޓު ވެއްޖެއެވެ.
ރާއްޖޭގައި ދެވަނައަށް އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެއާޕޯޓަކަށް އައްޑޫ ސިޓީގައި އޮންނަ ގަން އިންޓަނޭޝަނަލް އެއާޕޯޓު ވެއްޖެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފައިވާ ނޮވެންބަރު މަހުގެ ތަފާސް ހިސާބު ދައްކާގޮތުން ގަން އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް ރާއްޖެއަށް 1046 މީހުން އައިސްފައިވެއެވެ. އަދި 1519 މީހުން އެ އެއާޕޯޓު މެދުވެރިކޮށް ރާއްޖެއިން ފުރާފައިވެއެވެ.

ރާއްޖެއަށް ގަން އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް، 689 ޓޫރިސްޓުން އައިސްފައިވެއެވެ. ހަނިމާދޫ އެއާޕޯޓަށް ނޮވެންބަރު މަހު އައިސްފައިވަނީ 42 ޓޫރިސްޓުންނެވެ.

އެއްވަނައިގައި އޮތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށް ރާއްޖެއަށް 164،361 މީހުން އައިސްފައިވާއިރު، 169،170 މީހުން ފުރާފައިވެއެވެ.

އުތުރުގައި އޮންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް ރާއްޖެއަށް އައިސްފައިވަނީ، 491 މީހުންނެވެ. އަދި އެއާޕޯޓު މެދުވެރިކޮށް 978 މީހުން ފުރާފައިވެއެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް