ads
ސުޝާންތު ސިންގް ރާޖުޕުތު--
މަރުވި ފަހުން އިތުރު ފަސް މިލިއަން ފޮލޯވާސް ސުޝާންތަށް ލިބިއްޖެ
މިދިޔަ މަހުގެ 14 ވަނަ ދުވަހު މަރުވި، ސުޝާންތު ސިންގް ރާޖުޕުތަށް އިތުރު ފަސް މިލިއަން ފޮލޯވާސް އިންސްޓަގްރާމު މެދުވެރިކޮށް ލިބިއްޖެ އެވެ.

ސުޝާންތު ފޮލޯކުރާ މީހުންގެ އަދަދު 13.9 މިލިއަނަށް ވުރެ މައްޗަށް އަރާފައި މިވަނީ އޭނާ މަރުވި ފަހުންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެ އަދަދަށް ފޮލޯވަރުންގެ އަދަދު އަރާފައި ވަނީ މަރުވި ފަހުން ލިބުނު ފަސް މިލިއަން ފޮލޯވަރުންނާއެކު އެވެ. 

ސުޝާންތުގެ މަރާއެކު ގިނަ ބަޔަކަށް މާޔޫސްކަން ގެނުވިއިރު އޭގެ ފަހުން ގިނަ ބަޔަކު އަންނަނީ އޭނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލަމުންނެވެ. ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި ސުޝާންތު މަރުވީ ބޮލީވުޑުގައި އޮންނަ "ނެޕޮޓިޒަމް" ގެ ސަބަބުން ދިމާވި ގޮންޖެހުންތަކާއެކު އެވެ. އަދި އޭނާ ކުޅުނު ބޮލީވުޑު ފިލްމުތަކުގައި ކުޅަދާނަ އެކްޓިންއެއް ދައްކުވައިދިން ނަމަވެސް އެވޯޑެއްގެ މިންވަރު ވެސް ނުލިބުމަކީ އޭނާ ޑިޕްރެޝަންގެ ތެރެއަށް ވެއްޓުން ސަބަބު ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. 

ޑިޕްރެޝަނަށް ފަރުވާ ހޯދަމުންދިޔަ ސުޝާންތު މަރުވީ އޭނާ ދިރިއުޅޭ ގޭގަ އެވެ. އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުގައި ބުނާ ގޮތުގައި އޭނާ މަރުވީ އަމިއްލައަށް ދަންޖެހިގެންނެވެ. ހަށިގަނޑުގެ ބޭރުފުށުން ވެސް އަނިޔާއެއް ލިބިފައެއް ނެތެވެ. 

މަރުވުމުގެ ކުރިން އޭނާ މަސައްކަތް ކުރި ފިލްމު "ދިލް ބެޗާރާ" އަންނަ މަހުގެ 24 ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ނެރެން ވަނީ ނިންމާފަ އެވެ. އެގޮތުން ސުޝާންތުގެ ސަޕޯޓަރުންނަށްޓަކައި އެ ސަބްސްކްރައިބް ނުކޮށް ވެސް ހިލޭ ބެލޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. 

އުމުރުން 34 އަހަރުގައި ސުޝާންތު މަރުވިއިރު އޭނާ އެންމެ ފަހުން ފެނިގެންދިޔައީ ޝްރައްދާ ކަޕޫރާއެކު "ޗިޗޯރު" އިންނެވެ. "ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ" އާއި ކެދާނަތުގެ އިތުރުން ވެސް ހިޓު ފިލްމުތަކަކުން އޭނާ ފެނިގެންދިޔަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް