ads
17 ގައުމެއްގައި ލައްކަ އަކަށް ވުރެ ގިނަ ކޭސް
ކޮވިޑް-19 އަށް މުޅި ދުނިޔެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ މިހާރު 9,910,135 އަށް އަރާފަ އެވެ.

އެގޮތުން މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ އެމެރިކާއިން ނެވެ. އެމެރިކާއިން 2,552,956 މީހުން ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު، އެގައުމުން 127,640 މީހުން ވަނީ ބަލީގައި މަރުވެފަ އެވެ. އަދި އެމެރިކާއިން ބަލިވި މީހުންގެ ތެރެއިން 1,068,703 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. 

އެމެރިކާގެ އިތުރުން މިލިއަނަކަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާ ދެ ވަނަ ގައުމަކީ ބްރެޒިލް އެވެ. ބްރެޒިލް އިން މިހާތަނަށް 1,280,054 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. 

އެގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 697,526 މީހުން ބަލިން ރަނގަޅުވެފައި ވާއިރު، ބަލިިޖެހުނު މީހުންގެ ތެރެއިން 56,109 މީހުން ވަނީ މަރުވެފަ އެވެ. 

މުޅި ދުުނިޔެއަށް ކޮވިޑް-19 ފެތުރިފައި ވާއިރު، 17 ގައުމަކުން މިހާރު ވަނީ ލައްކަ އަކަށް ވުރެ ގިނަ ކޭސް ފެނިފަ އެވެ. 

އެގޮތުން ރަޝިއާއިން މިހާތަނަށް 620,794 މީހުން ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު، އަވައްޓެރި އިންޑިއާއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ މިހާރު 509,446 އަރާފަ އެވެ. 

އިނގިރޭސިވިލާތުން 309,360 މީހުންނަށް ކޮވިޑް-19 ޖެހިފައި ވާއިރު، ސްޕެއިން އިން ބަލިޖެހިފައި ވަނީ 294,985 މީހުންނަށެވެ. އަދި ޕެރޫ އިން މިހާތަނަށް 272,364 ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. 

ޗިލީ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 263,360 މީހުންނެވެ. އިޓަލީ އިން 239,961 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، އިރާނުން ޕޮޒިޓިވްވެފައި ވަނީ 217,724 މީހުންނެވެ. އަދި މެކްސިކޯއިން 208,392 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. 

ޕާކިސްތާނުން މިހާތަނަށް 198,883 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، ތުރުކީ އިން ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 194,511 މީހުންނެވެ. ގަރުމަނުވިލާތުން 194,399 މީހުން، ސައުދި އަރަބިޔާ އިން 174,577 މީހުން އަދި ފަރަންސޭސިވިލާތުން 162,936 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އަދި ބަންގްލަދޭޝް އިން 130,474 މީހުން މިހާތަނަށް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. 

އޭގެ އިތުރުން ސައުތު އެފްރިކާ އިން 124,590 މީހުންނަށް ބަލިޖެހިފައި ވާއިރު، ކެނެޑާ އިން މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 102,794 މީހުން ޕޮޒިޓިވްވެފަ އެވެ. 

މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 496,991 މީހުން މަރުވެފައި ވާއިރު، ބަލި ޖެހުނު މީހުންގެ ތެރެއިން 5,360,816 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. މިހާރު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 4,052,328 މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް