ads
ގްރީން ޓީ ތައްޓެއް
ގްރީން ޓީގެ ސިއްރުތައް
ގްރީން ޓީ އަކީ ތަފާތު އެތައް ފައިދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. ހެނދުނު ހޭލައިގެން ގިރާލާ މި ސައިތައްޓަކީ ހަމައެކަނި އެތެރެ ހައްޓަށް ފައިދާކުރާނެ އެއްޗެއް ނޫނެވެ.

ގްރީން ޓީ އަކީ ހަންގަނޑަށްވެސް ރަނގަޅު އެއްޗެއްކަން ފާހަގަކޮށްލެވެއެވެ. އެ ސަޔަކީ އެންޓިއޮކްސިޑަންޓްސް، އެންޓިމައިކްރޯބިއަލް އަދި އެންޓި-އިންފްލަމަޓޮރީ ޕްރޮޕަޓީސް އެކުލެވިގެންވާ ބުއިމެކެވެ. މިގޮތުން ގްރީން ޓީ ސައިފަތް ޕެކެޓު ބޭނުން ކޮށްގެން ހަންގަނޑު ސާފުކުރުމަށް ކުރެވިދާނެ ކަންތައްތަކެއް ކިޔައިދޭނަމެވެ. މިއީ އެރޯމާތެރަޕިސްޓް އަދި ކޮސްމެޓޮލޮޖިސްޓް ކަމަށްވާ ޕޫޖާ ނަގްދެވް ބޭނުންކުރާ ސިއްރުތަކެއްކަމަށް އޭނާ ބުނެއެވެ.

ގްރީން ޓީ ތައްޓެއް ގިރާލުމަށްފަހު އެ ސައިފަތް ޕެކެޓު އެއްލާނުލާށެވެ. މީގެ ބަދަލުގައި މި ސައިފަތް ޕެކެޓުތައް ފިނިފެނުގެ ތެރޭގައި ބެހެއްޓުމަށްފަހު ފްރިޖަށް ލާށެވެ. އަދި ބޭނުންކުރަންވީމަ ނަގާފައި ލޯ މެރުމަށްފަހު ލޯ މަތީގައި ދިހަވަރަަކަށް މިނެޓު ވަންދެން ބަހައްޓާށެވެ. މިއީ މީހާގެ ސްޓްރެސް ނައްތާލައިދޭ ކަމެއްވެސް މެއެވެ. އަދި މިއީ ހަށިގަނޑުގެ މަސްތަކަށް ހަމަޖެހުން ގެނެސްދީ، ލޮލުގެ ދުޅަވެސް ތިރިކޮށްދޭ ކަމެކެވެ.

ގްރީން ޓީގެ މި ސައިފަތް ޕެކެޓްތަކަކީ ހަންގަނޑުގައި އުނގުޅާ ސްކްރަބް އެއްގެ ގޮތުގައި ވެސް ބޭނުން ކުރެވޭނެ އެއްޗެކެވެ. ފުރަތަމަ ބޭނުން ކޮށްފައިވާ މި ސައިފަތް ޕެކެޓު ކަފާލުމަށްފަހު އޭގައިވާ ސައިފަތްތައް ނަގާނީއެވެ. މީގެ ދެ ސައިފަތް ޕެކެޓުން ސައިފަތް ނަގާފައި އެއަށް އެއް ސައިސަމްސަލާއި މާމުއި އާއި އެއް ސައި ސަމްސާ ލުނބޯ ޖޫސް އަޅާފައި ޕޭސްޓެއް ހަދާނީއެވެ. މި ޕޭސްޓުގަނޑަށް ރޯސްމޭރީ ތެޔޮގެ 3 ތިއްކާއި ޓީ ޓްރީ ތެޔޮގެ 3 ތިކި  އެޅުމަށް ޕޫޖާ ބުނެއެވެ. މި ޕޭސްޓަކީ މޫނުމައްޗާއި ހަންގަނޑުގައި އުނގުޅުން ހާއްސަ އެއްޗެކެވެ. 

    

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް