ads
މޫސުން ގޯސް ދުވަހެއްގައި ފެރީ ދަތުރުކުރަނީ-- ފޮޓޯ: ވީނިއުސް
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ: މެޓް
އުތުރާއި މެދު ރާއްޖެތެރެއަށް ގުރުމާއެކު ވިއްސާރަ ކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު މިއަދު ހެނދުނު ފެށިގެން 18:00 ހަމައަށް   އުތުރާއި މެދު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

އެގޮތުން ހުޅަނގާއި ހުޅަނގު އުތުުރުން އަދި މެދު ރާއްޖެތެރެއާއި އުތުރުގެ އަތަޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓުން ބުނެ އެވެ. 

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެކަމަށް މެޓް އޮފީހުން ބުނެފައިވާއިރު އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް ބުނެ އެވެ.

އަދި އުތުރާއި މެދު ރާއްޖެތެރޭގައި ހަތަރު ފޫޓާއި ހަފޫޓާ ދެމެދު އުސްމިނުގައި ރާޅުގައި ހުންނާނެކަމަށާއި ދެކުނު ގައި އުފެދޭ ރާޅުގެ ހުންނާނީ ދެ ފޫޓާއި ހަތަރު ފުޓަށް ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ.

ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި މަޑުވި ނަމަވެސް ވިލާގަނޑުގައި ގަދަވާނެކަމަށް ވެސް ވަނީ ބުނެފަ އެވެ. 

 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް