ads
ރޮނާލްޑޯ އަދި ޑީބަލާ
ރޮނާލްޑޯގެ ލަނޑާއެކު ޔުވެންޓަސްއަށް ހަތް ޕޮއިންޓްގެ ފަރަގެއް
އަމިއްލަ ދަނޑުގައި ފަސޭހަ ކަމާއި އެކު ލެއްޗޭ ބަލިކޮށް ޔުވެންޓަސްއިން ލީގުގެ އެއްވަނައިގައި ހަތް ޕޮއިންޓްގެ ލީޑެއް ހޯދައިފިއެވެ. އަމިއްލަ ދަނޑުގައި ރޭ ޔުވެންޓަސް މޮޅުވީ ހަތަރު ލަނޑު ސުން ލަނޑުންނެވެ.

ފަސޭހަ ކަމާއި އެކު ލެއްޗޭ އަތުން ބޮޑު ތަފާތަކުން މޮޅުވި މެޗުގައި ޔުވެންޓަސްއަށް ގޯލްތައް ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ޕައޮލޯ ޑީބަލާ އަދި ގޮންޒާލޯ ހިގުއައިން އާއި މަތިއަސް ޑި ލީޓް އެވެ. މީގެ ތެރެއިން ރޮނާލްޑޯގެ ގޯލަކީ ޕެނަލްޓީއަކުން އޭނާ ޖެހި ގޯލެކެވެ. އެއާއި އެކު ލީގުގައި ރޮނާލްޑޯގެ ލަނޑުގެ އަދަދުވަނީ ތޭވީހަށް އަރާފައެވެ.

ލެއްޗޭގެ މައްޗަށް ކުރި ހޯދާ ލިބުނު ތިން ޕޮއިންޓާ އެކު ޔުވެންޓަސް އަށާވީސް މެޗުން ފަސްދޮޅަށް ނުވަ ޕޮއިންޓް މިހާތަނަށް ލިބިފައިވެއެވެ. ދެވަނައިގަ އޮތް ލާޒިއޯއަށް ލިބިފައިވަނީ ފަސްދޮޅަށް ދެ ޕޮއިންޓެވެ. ލާޒިއޯ ކުޅެފައިވަނީ ހަތާވީސް މެޗެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް