ads
ޖެންޑާ މިނިސްޓަރު--
ސުއިސައިޑްގެ ވިސްނުން ހުންނަ ކޭސްތައް އިތުރުވެއްޖެ
މިދިޔަ ދުވަސްތަކުގެ ތެރޭގައި ސުއިސައިޑްގެ ވިސްނުން ހުންނަ ކޭސްތައް ރާއްޖޭގައި ފާހަގަކުރެވޭ މިންވަރު އިތުރުވެފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

މިރޭ ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑާ މިނިސްްޓަރު އައިޝަތު މުހައްމަދު ދީދީ، މިދިޔަ މާޗު އަދި އޭޕްރީލް މަހުގެ ތެރޭގައި ރާއްޖޭގައި އެކި ބާވަތްތަކުގެ މައްސަލަތައް ރިޕޯޓްކުރެވިފައިވާ މިންވަރު މަދު ނަމަވެސް މިދިޔަ މެއި މަހުގެ ފަހުކޮޅު ރިޕޯޓުކުރެވުނު މައްސަލަތަކުގެ އަދަދު ގިނަ ކަމަށެވެ. 

އެގޮތުން އެންމެ ގިނައީ ޖިންމާނީ އަނިޔާގެ މައްސަލަތައްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ނަފްސާނީ މައްސަލަތައް ވެސް ގިނަކަމަށެވެ.

"އޭގެ ތެރޭގައި އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ ވަކިން ހާއްސަކޮށް، ސުއިސައިޑާ ގުޅޭ ގޮތުން، އެ ވިސްނުމާއި އެ ފިކުރާއި އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކާލަން ބޭނުންވެގެން ގުޅާ މީހުން ފާހަގަކުރެވޭ،"

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ އެހެން ތަންތަނުގައި ހުންނަ ފަދަ ރާއްޖޭގައި ސުއިސައިޑަލް ވޮޗް ފަދަ ނިޒާމެއް ނެތް ކަމަށާއި 1412 އަށް ގުޅުމުން އެވަގުތު ހަރަކާތްތެރިވާ ފަރާތަތަކަށް ދެވޭ އެހީއެއް ދަނީ ދެމުން ކަމަށެވެ. 

އެކަމަކު ރާއްޖޭގައި ހުންނަ ސެންޓަ ފޯ މެންޓަލް ހެލްތުގެ ފަރާތުން ބޮޑު އެހީއެއް ލިބެމުން އަންނަކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ އެތަނުގެ ޑޮކްޓަރުން އަންނަނީ އެފަދަ ވިސްނުންތަކުގެ ކުދިންނަށް ވެސް އެހީތެރިކަން ދެމުން ކަމަށެވެ. 

"ވަރަށް ހާއްސަ އެހީތެރިކަމެއް އެ ދޭން ޖެހެނީ. މީހަކު މި އިންނަނީ އަނެއްހެން ދަންނަވާކަމަށްވަންޏާއި ދިމާވާ ހާދިސާތަކަކާއި ނޫނީ ޑިޕްރެޝަންނަށް ގޮސް އެމީހާ އޭނީ އަަނެއްހެން ދަންނަވާ ކަމަށްވަޏާއި އަމިއްލަ ނަފުސަށް ދެވެން އޮންނަ އެންމެ ބޮޑު އަނިޔާ ދޭން ތައްޔާރުވެފަ އިންނަ ވަގުތު އެހީއަށް އެދޭވަގުތު، އެހީތެރިކަން ދޭން ޖެހޭ،" 

މިނިސްޓަރު ވިދާޅުވީ އެފަދަ ހާލަތެއްގައި ދޭން ޖެހޭ އެހީތެރިކަން ވަގުތު ނުދެވިއްޖެނަމަ ދެރަ ކަމެއް ވެސް ދިމާވެދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް