ads
ޖެންޑާ މިނިސްޓަރު--
ހާލުގައި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ޒުވާނުން
ކޮވިޑް-19 އާ ގުޅިގެން މާލީ ގޮތުން އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ ޒުވާން އާއިލާތަކަށް ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ، ވިދާޅުވެއްޖެ އެވެ.

މިރޭ އެންއީއޯސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މާލީ ގޮތުން ދަތިތައް ކުރިމަތިވި ފަރާތްތަކަށް ޖެންޑާ މިނިސްޓްރީން ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ކަމަށާއި އޭގެ ތެރޭގައި އަތުގައި ފައިސާ ނެތުމުން މާލޭގައި ކުލި ދައްކައިގެން ނޫޅެވޭ މީހުންނާއި އަދި ކެއުމަށް ހަރަދު ނުކުރެވޭ މީހުން ހިމެނޭ ކަމަށެވެ. 

އެގޮތުން ހާއްސަ ރައްކާތެރިކަން ބޭނުންވެފައިވާ މީހުންގެ ތެރޭގައި ޒުވާން އާއިލާތައް ގިނަކަން މިނިސްޓަރު ފާހަގަކުރައްވަ އެވެ. 

އާންމުކޮށް އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ނިސްބަތް މި ދުވަސްވަރު އިތުރުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އޭގެ ތެރޭގައި ވަޒީފާ ގެއްލިފައިވާ އާއިލާތަކާއި ނޯޕޭ ލީވްގައި ތިބި އާއިލާތަކުގެ އިތުރުން މުސާރައިން ބައެެއް އުނިވުމުން ކުރިއެކޭ އެއްގޮތަށް ދިރިއުޅުމުގެ ގިނަކަން ދެކޮޅު ނުޖެހޭ މީހުން ހިމެނޭ ކަމަށެވެ. 

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ އޭގެ ތެރެއިން ބޮޑު ބަޔަކީ ޒުވާނުންކަން. އެއީ ވަރަށް ބޮޑަށް ވިސްނާލަން ޖެހޭ ކަމެއް. ވަޒީފާ ގެއްލިގެންދިޔަ ފާރާތްތައް ވެސް އަދި މިދެންނެވި ގޮތަށް ވަޒީފާއިން ނޯޕޭއަށް ދިޔަ ފަރާތްތައް ވެސް،" މިނިސްޓަރު ވިދާޅުވި އެވެ. 

އޭގެ އިތުރުން ކެއުމުގެ ކަންކަމުގައި ވެސް ދަތިވެގެން އެހީތެރިކަމަށް އެދުނީ އެފަދަ ފަރާތްތައް ކަމަށާއި އޭގެ ތެރޭގައި ޒުވާން އާއިލާތަކާއި އެމީހުންގެ ކުޑަ ކުދިން ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް