ads
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
އިންކަމް ސަޕޯޓް އެލަވަންސް ލިބޭ އާއިލާތަކުގައި ކުޑަކުދިން ތިބޭނަމަ އިތުރަށް ފައިސާ ދެނީ
ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނަށް ސަރުކާރުންދޭ އިންކަމް ސަޕޯޓް އެލަވަންސް ލިބޭ އާއިލާތަކުގައި ކުޑަ ކުދިން ތިބޭނަމަ އެކުދިންނަށް އިތުރަށް ފައިސާ ލިބޭނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ، އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 5000 ރުފިޔާ ލިބޭ މީހުންގެ އާއިލާތަކުގައި ކުޑަ ކުދިން ތިބޭނަމަ އެކުދިންނަށް ވެސް އިތުރަށް ފައިސާ ލިބިގެންދާނެ ކަމަށެވެ. އެކަމަކު އެގޮތަށް ކޮންމެ ކުއްޖަކަށް ދެނީ ކިހާ ފައިސާއެއް ކަމަށް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. 

"ވަޒީފާ ގެއްލިގެން ރަޖިސްޓްރީވި އާއިލާތަކާއި ސަރުކާރުން މި ދެއްވާ 5000 ރުފިޔާ، ދެއްވާ އާއިލާތަކުގައި ކުޑަކުދިން ތިބޭ ކަމަށްވަންޏާއި ޔުނިސެފާއެކު އަޅުގަނޑުމެން އެއްބަސްވުމެއް ވެގެން ޗައިލްޑް ގްރާންޓް ސްކީމެއް މިފެށީ،" މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖޫން މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް 1450 މީހުންނަށް ސަރުކާރުން ވަނީ އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފަ އެވެ. އެއީ 5.8 މިލިއަން ރުފިޔާ އެވެ. 

އިންކަމް ސަޕޯޓް އެލަވަންސްއަކީ ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، މާޗް އެކެއްގެ ފަހުން ވަޒީފާއިން ވަކިކޮށްފައިވާ މީހުންނާއި މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައިވާ މީހުންގެ އިތުރުން މުސާރަ ނުލިބޭގޮތަށް ނޯޕޭއަށް ފޮނުވައިފައިވާ މީހުންނާއި މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް ދޭ އެލަވަންސް އެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް